ޚަބަރު

އީއޯސީއެއް ހެދުމަށް ހުށަހެޅީ ކައުންސިލްގެ ބާރުތައް އެހެން ފަރާތަކަށް އަނބުރާލަން:  ނ.އަތޮޅު ކައުންސިލް

ދެން އެމްވީ ، ދެން އޮންލައިން

ނ. އަތޮޅު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރެއް ހެދުމަށް ކެނދިކުޅުދޫ ދާއިރާގެ ކައުންސިލަރު ވާސިފް އަހްމަދު އަތޮޅު ކައުންސިލަށް ހުށަހެޅި ގަރާރަކީ އެ ކައުންސިލަށް ލިބިގެންވާ ގާނޫނީ ބާރުވެރިކަމާއި ކައުންސިލްގެ އެންމެހައި ޒިންމާތައް އެހެން ފަރާތަކަށް އަނބުރާލުމަށް ހުށަހެޅި މަކަރުވެރި ގަރާރެއް ކަމަށް ނ. އަތޮޅު ކައުންސިލުން ބުނެފިއެވެ.

Ads by STELCO

ނ. އަތޮޅު ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ނ. އަތޮޅުގެ ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލުގެ ބާރުތައް، ދިވެހި ދައުލަތުން ވަކިގޮތެއް ކަނޑަނާޅަނީސް އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ހަދައި އެތަނަށް ދިނުމަކީ އެ ކައުންސިލަށް ކުރެވޭނެ ކަމެއް ކަމުގައި ކައުންސިލުން ނުދެކޭ ކަމަށެވެ.

އަދި ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންނަށް ގާނޫނުން މަތިކޮށްފައިވާ ބާތުތައް އެހެން ބައެއްގެ މައްޗަށް ދޫކޮށްލައި އިންތިޚާބީ ކައުންސިލަރުންނަށް ޒިންމާއިން ރެކެވިގެން ތިބެވިދާނެ ކަމަށް އެ ކައުންސިލުން ނުދެކޭ ކަމަށް ނޫސް ބަޔާނުގައި ވެއެވެ.

ހަމައެހެންމެ ކައުންސިލަރ ވާސިފް ހުށަހެޅުއްވި ގަރާރުގައި އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މެމްބަރުންގެ ގޮތުގައި ކަނޑައެޅުމަށް ހުށަހެޅި ލިސްޓުގައިވާ 38 ފަރާތުގެ ތެރެއިން ގިނަ ފަރާތްތަކަކީ ގާނޫނީގޮތުން އެފަދަ ޒިންމާއެއް ހަވާލުކުރުމުގެ އެއްވެސް ހައިސިއްޔަތެއް ނެތް ފަރާތްތަކެއް ކަމަށް އެ ކައުންސިލުން ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ނ. އަތޮޅު ކައުންސިލްގެ ތިން ވަނަ ދައުރުގެ ތިން ވަނަ ކުއްލި ބައްދަލުވުމުގައި ވަނީ، ލޯކަލް ގަވާމެންޓް އޮތޯރިޓީން ފޮނުވާފައިވާ މައުލޫމާތު ކަރުދާހާ އެއްގޮތަށް އުފައްދާފައިވާ ނ. އަތޮޅު އިމަޖެންސީ އޮޕަރޭޓިން ސެންޓަރުގެ މަސައްކަތްތަކަށާއި އެއަތޮޅުގެ ރަށްތަކުގެ އިމަޖެންސީ އޮޕަރޭޓިން ސެންޓަރުތަކަށް އެހީތެރިވުމަށް 2000000 ރުފިޔާ ޚަރަދު ކުރުމަށް ފާސްކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!