ޚަބަރު

ޕީކްވާ ދުވަހު 12 މީހުން އައިސީޔޫއަށް ލާން ޖެހިދާނެ: ޑރ. ޝީނާ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑް ފެތުރި ޕީކަށް ދާ ދުވަހު 12 މީހުން އައިސީޔޫއަށް ލާން ޖެހިދާނެ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ ޕީކްގައި 101 މީހަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހިދާނެ ކަމަށާއި މި ބަލީގައި ޖުމްލަ 5805 މީހުން އެޑްމިޓް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ޑރ. ޝީނާ ވިދާޅުވީ އެންމެ ފުރަތަމަ ޕްރޮޖެކްޓް ކުރީ 2000 މީހުން މަރުވާނެ ކަމަށް ކަމަށާއި ނަމަވެސް އަލަށް ހެދި ޕްރޮޖެކްޝަންގައި 100 މީހުން މަރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ޑރ. ޝީނާ ވިދާޅުވީ ލޮކްޑައުންއާ ގުޅިގެން ކުރިން ލަފާކުރި އަދަދުތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެ އަދަދު އަދިވެސް ބޭނުންވާ މިންވަރަށް ދަށް ނުކުރެވޭ ކަމަށާ މި ހާލަތުގައިވެސް 77،000 މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"77،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހޭނެ ކަމަށް އަޅުގަނޑުމެންނަށް ލަފާ ކުރެވެނީ. މިއީ ޕީކްގެ ތެރޭގައި އަޅުގަނޑުމެން ޕްރޮޖެކްޓް ކުރާ ގޮތް. 14 ދުވަހުގެ ޕީކް އަންނާނީ މެއި 15 އިން 30 މެއިގެ ނިޔަލަށް. މި މުއްދަތުގައި މިބަލަނީ 6804 މީހުންނަށް ބަލި ޖެހޭނެ ކަމަށް." ޑރ. ޝީނާ ވިދާޅުވިއެވެ.

ޑރ. ޝީނާ ވިދާޅުވީޕީކްގެ ތެރޭގައި 281 މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރާނެ ކަމަށާއި މުޅި ޖުމްލަ މި ބަލީގައި ޖުމްލަ 13،568 މީހުން އެޑްމިޓް ކުރާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!