ރެސިޕީ: ސްވިސް ރޯލްސް
ބޭނުންވާ ތަކެތި
6 ބިސް
150 ގ. ފުށް
5 ގ. ކޯން ފްލަރ
15 ގ. ބަޓަރ
200 ގ. ހަކުރު
ސައިސަމުސާ ވެނީލާ އެސެންސް
ފިލިންގ:
ހަނާކޮށްފައި ހުރި ކެޖޫނަޓްކޮޅެއް
މާމުއި ފޮދެއް
ކްރީމް މޮޅެއް ވިޕް ކޮށްފައި
ތައްޔާރު ކުރާނެ ގޮތް :
ބިހާއި ހަކުރު އެއްކޮށް ގިރާލާށެވެ ފުށާއި ކޯންފްލަރ އެއްކޮށް ފުރާނާލާފައި ކުރީގެ ބަޔާއި އެއްކޮށް މިކްސް ކޮށްލާށެވެ. ބަޓަރކޮޅު ދިޔާކޮށްފައި އެވެސް އެއްކޮށްލާށެވެ.އެސެންސް ވެސް އެއްކޮށާށެވެ. .ކުކިނގ ޕޭޕަރ ދިގުޓްރޭ އެއްގައި ފަތުރާ ލާފައި ކޭކްފުށްގަނޑު ތުނިކކޮށް ފަތުރާ ލާށެވެ. ( އިންޗި އެއްގެ 3/1 ތުނިކޮށް) އަވަންގައި ފިހެލާށެވެ . ކޭކް ފިހެވުނީމާ ނަގާފަ ފިއްސަކުން މާމުއި ފޮދެއް ކޭކް މަތީގަ ހާކާލާށެވެ . ވިޕްޑް ކްރީމް ކޮޅެއް ފަތުރާ ލާފައި ހަނާކޮށް ކޮށާފައި ހުރި ކަޖޫނަޓް ކޮޅެއް ބުރުވާލާފައި ކޭކް އޮޅާލާށެވެ.