ކުޅިވަރު

ރެސިޕީ: ޕިއްޒާ ބޯލްސް

ދެން އެމްވީ ، ދެން އޮންލައިން

ފުށްގަނޑު ހެދުމަށް ބޭނުންވާނެ ތަކެތި:

Ads by MWSC

2 ޖޯޑު ފުށް

1 މޭޒުމަތީ ސަމުސާ ޑްރައި ޔީސްޓް

1 މޭޒުމަތީ ސަމުސާ ތެޔޮ

1 މޭޒުމަތީ ސަމުސާ ހަކުރު

ރަހަލާވަރަށް ލޮނު

ތާފަނާ ފެންފޮދެއް

ފުށްގަނޑު މޮޑޭނެ ގޮތް:

ތާފަނާ ފެންފޮދެއްގައި ޔީސްޓް އެކްޓިވޭޓް ކުރުމަށްފަހު، ފުއް، ތެޔޮ، ހަކުރު، ލޮނު އަދި ފެން އެޅުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. ރަނގަޅަށް މޮޑެވުމުން ފުށްގަނޑު ކޮންޓެއިނަރަކަށް ލާފައި މަތީގައި ފޮތިކޮޅެއް އަޅާފައި ބަހައްޓާށެވެ.

ސްޓަފިންގް ހެދުމަށް ބޭނުންވާ ތަކެތި:

ޕިއްޒާ ސޯސް

މޮޒަރެއްލާ ޗީޒް (ގާނާފައި)

ޕެޕަރޯނީ މީޓް ނުވަތަ ބޭނުން ވައްތަރެއްގެ މަހެއް

އިތުރު ތަކެތި:

1 ބިސް (ގިރާލާފައި)

ކުޑަ ސެސަމީ ސީޑްސް ކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

ޕިއްޒާ ސޯސް، ޗީޒް އަދި މަސްކޮޅު ރަގަނޅަށް އެއްކުރުމަށްފަހު ގުޅަ ހަދާލާށެވެ. ކުރިން މޮޑެފައި ހުރި ފުށްގަނޑުން ގުޅަ ހެދުމަށްފަހު، މި މަސް ގުޅަތައް ފުށްގަނޑު ތެރެއަށްލާފައި ގުޅަ ހަދާލާށެވެ.

ބޭކިންގް ޓްރޭއެއްގައި މި ގުޅަތައް ކައިރި ކައިރީގައި އަތުރާލާށެވެ. ކޮންމެ ގުޅައެއްގެ މަތީގައި ބިސް ހާކާލުމަށްފަހު ކުޑަ ސެސަމީ ސީޑްސް ކޮޅެއް ބުރުވާލާށެވެ.

އަވަން 200 ޑިގްރީ ސެލްސިއަސް އަށް ހޫނު ކުރުމަށްފަހު ފިހެލާށެވެ. މި ގުޅަތަކައް ގޯލްޑަން ބުރައުން ކުލަ އަރަންދެން ފިހެލަންވާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!