ޚަބަރު

ތޫފާނު ނިވާރުގެ އަސަރު ރާއްޖެ އަށް ކުރާނީ ބުދަ ދުވަހު: މެޓް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭ އޮފް ބެންގަލް ސަރަހައްދުގައި މި ވަގުތު އުފެދިފައިވާ ޑިޕްރެޝަން، ތޫފާނަކަށް ބަދަލުވެ، އެ ތޫފާނުގެ ނުސީދާ އަސަރު ރާއްޖެ އަށް ކުރާނެ ކަމަށް ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީ (މެޓް) އިން މިއަދު ބުނެފި އެވެ.

Ads by MWSC

"މިހާރު" ނޫހަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް އަހުމަދު ޝާބިން ބުނެފައި ވަނީ މި ތޫފާން ކުރިޔަށް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ޓެމިލް ނާޑޫ އަށް އެރުން އެކަށީގެންވާކަމަށެވެ.

ޝަބިން ވިދާޅުވީ ތޫފާނުގެ އަސަރުކުރަން ފަށާނީ އަންނަ ބުދަ ދުވަހު ކަމަށާއި މޫސުން ރަނގަޅުވާނެ ކަމަށް ބެލެވެނީ ހޮނިހިރު ދުވަހު ކަމަށެވެ. އަދި ތޫފާން "ނިވާރު" މިވަގުތު ދަތުރު ކުރަމުން އަންނަނީ ހުޅަނގު އުތުރަށް ކަމަށެވެ.

އަދި ބުދަ ދުވަހުން ފެށިގެން މެދު ރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ވެސް ޝާބިން ވިދާޅުވި އެވެ.

މި ތޫފާނުގެ އަސަރު ރާއްޖެ އަށް ކުރި ނަމަވެސް އޭގެ އަސަރު ރާއްޖޭގެ ދެކުނާއި މެދު ރާއްޖެ ތެރެއަށް ކުރާނީ ނުސީދާކޮށެވެ.

އެހެން ނަމަވެސް އާންމުކޮށް ވައިޖެހޭ ވަރަށް ވުރެ ވައި ގަދަ ވާނެ ކަމަށާއި، ކަނޑު ވެސް ގަދަ ވާނެ ކަމަށް ޝާބިން ބުނެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!