ދުނިޔެ

ގޭގައި ތިބެގެން ވަޒީފާއަދާ ނުކުރެވޭ މީހުން ވަޒީފާތަކަށް ނިކުތުމަށް އިނގިރޭސި ބޮޑުވަޒީރު ގޮވާލައްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އުޛުރުވެރިވާ މީހުން މަސައްކަތްތަކަށް ނިކުތުމަށް އިނގެރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ގޮވާލައްވައިފިއެވެ.

Ads by Sosun Fihaara

ރެކޯޑްކޮށްގެން ފޮނުވި މި ޚިތާބުގައި ކޮންސްޓްރަކްޝަން އަދި އުފެއްދުންތެރިކަމުގެ މަސައްކަތްކުރާ ފަރާތްތަކުން މަސައްކަތަށް ނިކުމެ އިގްތިޞާދު ހުޅުވާލުމަށް ހިތްވަރު ދެއްވާފައިވެއެވެ. ނަމަވެސް ވީ ވަރަކުން އާންމު ދަތުރު ފަތުރުގެ ނިޒާމް ބޭނުން ނުކުރުމަށްވެސް ބޮރިސް ވަނީ އެދިފައެވެ.

މި ޚިޠާބުގައި، 6 ހަފްތާއަށް ދިގު ދެމިގެން ދިޔަ ލޮކްޑައުން އަށް ފަހު ގައުމު ހުޅުވާލުމުގައި އަމަލު ކުރާނެ މަގުޗާޓްވެސް ވަނީ ހާމަ ކޮށްފައެވެ. މި މަގުޗާޓުގައި ބަލާނީ ބަލިން ރައްކާތެރިވުމާއި އެކު އެއް ހަމަ އެއްގައި އިގްތިޞާދު ހުޅުވާލުމަށް ކަމަށް ބޮރިސް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް19ގެ ބަލިމަޑުކަމާއި ދެކޮޅަށްކުރާ މަސައްކަތުގައި އިސްސަފުގައި މަސައްކަތް ކުރާ މީހުން ފިޔަވާ އެހެން މީހުންނަށް ބޭރަށް ނިކުތުމަށް އޮތް ދަތިކަމަށް ވެސް ބުދަ ދުވަހުން ފެށިގެން ލުއި ލިބޭނެއެވެ. އެގޮތުން އިޖްތިމާޢީ ގައިދުރުކުރުމާ އެކު ބޭރަށް ނިކުމެ ކޮންމެ ކަމެއްގައިވެސް ހަރަކާތްތެރިވެ އުޅެވޭނެއެވެ.

" ޕާކްތަކުގައި އިށީނދެ އިނދެ، ބޭނުންވާ ތަންތަނަށް ދަތުރުކޮށް، އެކުގައި އެއް ގެއެއްގައި އުޅެ މީހުނާއެކީ ކުޅިވަރު ކުޅެ އުޅުމަށް އެއްވެސް ހުރަހެއް ނެތް" ކަމަށް ބޮރިސްގެ ވާހަކަ ނިންމާލަމުންވެސް ވަނީ ހަނދާން ކޮށްދީފައެވެ. އަދި ކަސްރަތުކުރަން ބޭނުންވާ މީހުން ބުދަ ދުވަހުން ފެށިގެން ޕާކަށް ނުކުމެ އުޅުން ވެސް ވަނީ ހުއްދަކޮށްފައެވެ. ގައުމު ހުޅުވާލާ މަގުޗާޓުގައިވާ އެހެން ކަންކަމުގެ ތެރޭގައި، ޙާލަތަށް ބެލުމަށްފަހު ޖޫން މަހުން ފެށިގެން ޕްރައިމަރީ ސްކޫތައްތައް ހުޅުވާލުމާ، ޖުލައި މަހުން ފެށިގެން ފަތުރުވެރިކަން ހުޅުވާލުން ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!