Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މާދަމާރޭ މުޅި ރާއްޖޭގައި ކޭތަ ނަމާދު ކުރާނެ

މާދަމާ ރޭ މެންދަމު 00:00 ގައި މުޅި ރާއްޖޭގައި ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިއީ މި އަހަރުގެ ފުރަތަމަ ހަނދުކޭތަ އެވެ. ކޭތަ ހިފާނީ ހުކުރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން 10:07 އިން ފެށިގެން 11 ޖަނަވަރީ 2020 ވާ ހޮނިހިރު ވިލޭރޭގެ މެންދަމު 2:12 އާ ދެމެދު އެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ ދަންވަރު 12:10 ގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ ހަނދުކޭތަ ރާއްޖެއަށް ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ ހުކުރު ދުވަހުގެ މެންދަމު 00:00 ގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށެވެ. ކޭތަ ނަމާދު ކުރުން އޮންނާނީ ކޮންމެ ރަށެއްގެވެސް އެންމެ ބޮޑު މިސްކިތުގައެވެ.

Advertisement
Ooredoo — Square (box)

މާލެ ސިޓީގައި ކޭތަނަމާދު ކުރާނީ އިސްލާމި މަރުކަޒު، މަސްޖިދުލް ބިއްރި (ވިލިގިލި) އަދި މަސްޖިދުއް ޝައިޚް ގާސިމް ބިން މުހައްމަދު އާލް ޘާނީ(ހުޅުމާލެ) ގައި ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް