ޗުއްޓީ ހޭދަކުރަން ދިޔަ ފަތުރުވެރިއަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ބަލަނީ

އއ. ތޮއްޑޫއަށް ޗުއްޓީ ހޭދަކުރަން ދިޔަ ފަތުރުވެރިއަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތޮއްޑޫއަށް ޗުއްޓީ ހާދަކުރަން ދިޔަ ފަތުރުވެރިއަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މިމައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ދެއްވާފައެއް ނުވެއެވެ. އަދި މިމައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރު ކޮށްފައެއް ވެސް ނުވެއެވެ.
އެނގިފައިވާ ގޮތުގައި މިމައްސަލައިގައި ޖިންސީ ފުރައްސާރަ ކޮށްފައި ވަނީ ސްލޮވީނިއާގެ އަންހެނަކަށެވެ.