ދުނިޔެ

ކޮވިޑް19 ޖެހުމުން އޭނާއަށް ޖެހިފައިހުރި އެހެން ބައްޔެއް ދެނެގަނެވުނު އަންހެނެއްގެ ބަސް : އަހަރެންގެ ފުރާނަ ސަލާމަތްވީ ކޮވިޑް-19 ޖެހުމުން

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަކީ ފުރާނައަށް ގެއްލުންވާ ނުރައްކާތެރި ބައްޔަކަށްވާތީ ކޮންމެ މީހަކު މެ އުޅެނީ އެބަލީން ސަލާމަތް ވާނެ ގޮތެއް ހޯދުމުގައެވެ. ބަލި ޖެހުނު އެއްވެސް މީހަކު އެކަމާ އުފަލެއް ނުވެއެވެ. ނަމަވެސް އިނގިރޭސިވިލާތުގެ އެންޖެލާ ޝެލްޖެލްގެ ވާހަކަ ތަފާތެވެ. އެންޖެލާ ވަނީ، އޭނާގެ ފުރާނަ ސަލާމަތްވީ ކޮވިޑް-19 ޖެހުމުން ކަމަށް ހާމަ ކޮށްފައެވެ. އެންޖެލާ މިހެން ބުނީ، ކޮވިޑް-19 ޖެހިގެން ހެދި ޓެސްޓްތަކުގެ ތެރެއިން، އެންޖެލާއަށް ކުރިން ނޭނގިހުރި ހިތުގެ ސީރިއަސް މައްސަލައެއް ފާހަގަ ވެފައި ވާތީއެވެ.

Ads by Sosun Fihaara

އެންޖެލާ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނީ 11 ދުވަސް ވަންދެން ކޮވިޑް-19 އަލާމާތްތައް ފެނުމަށް ފަހުއެވެ. އައި.ސީ.ޔޫ ގައި ފަރުވާ ދެމުން ދިޔައިރު ހެދި ޓެސްޓްތަކުން އެންޖެލާގެ ހިތުގައި ހުރި ވަރަށް ނުރައްކާތެރި މައްސަލައެއް ވަނީ ފާހަގަ ކުރެވިފައެވެ. މިއީ ފަރުވާ ނުލިބި ލަސްވާނަމަ ފުރާނަ އަށް ނުރައްކާވެދާނެ ފަދަ މައްސަލައެކެވެ. މާރޗް 22 ވަނަ ދުވަހު ޗެލްސީ އަދި ވެސްޓް މިނިސްޓަރ ހޮސްޕިޓަލެއްގައި ހެދި ސްކޭންތަކުން ދެއްކީ 36 އަހަރު އެންޖެލާގެ ހިތާއި ފުއްޕާމޭގެ ވަށައިގެން ފެން ހެދިފައިވާ ކަމަށެވެ.

މި ބަލީގެ ސަބަބުން ހިތާއި ފުއްޕާމެއާ، ހުޅުތަކުގެ އިތުރުން ނާރުތައްވެސް ހަލާކުވުމުގެ ނުރައްކާ އޮވެއެވެ. އެންޖެލާ ބުނީ، ނޭވާއަށް އުނދަގޫވަނީ ކަމަށް ހީކޮށް، ޑޮކްޓަރަށް ދައްކާތާ މިހާރު ދެއަހަރު ވެއްޖެކަމަށާއި ނަމަވެސް މިފަދަ ބޮޑު މައްސަލަ އެއް ހުރިކަމަކަށް އެނގިފައެއް ނެތް ކަމަށެވެ. އެއް ނަޒަރުން ދެކޭނަމަ ކޮވިޑް-19 ގެ ސަބަބުން ފުރާނަ ސަލާމަތް ވެފައިވާ ކަމަށާއި ނަމަވެސް ކޮވިޑް-19 ގައި ހޭދަ ކުރީ ވަރަށް ވޭން ދެނިވި ދުވަސް ތަކެއްކަމަށް އެންޖެލާވަނީ ބުނެފައެވެ. ފަސްހަފްތާ ހޮސްޕިޓަލުގައި އޮތުމަށް ފަހު މިހާރު އެންޖެލާ ވަނީ ގެއަށް ދޫކޮށްލާފައެވެ.

އެންޖެލާއަށް ފަރުވާ ދިން ޑޮކްޓަރުންގެ ޓީމުން އެކަކު ކަމަށްވާ ޑރ. ޕޫޖަން ޕަޓޭލް ބީ.ބީ.ސީ އާ ވާހަކަ ދައްކަމުން ބުނީ، އެންޖެލާއަށް ފަރުވާދީ ރަނގަޅު ވުމުން، ހޮސްޕިޓަލުގެ މުވައްޒަފުންގެ ހިތްވަރު އާވެ މަސައްކަތުގެ ރޫހު އިތުރު ވެއްޖެ ކަމަށެވެ. ޑރ. ޕޫޖަން އިތުރަށް ބުނީ، ފަރުވާ އަށް ގެންނަ ބަލިމީހާ އަމިއްލަ ފައިމައްޗަށް ތެދުވެ، ހިނިތުންވާތަން ފެނުމަށް ވުރެ ބޮޑު ހިތް ހަމަ ޖެހުމަށް ސިއްހީ އެހީތެރިންނަށް ނޯންނާނެކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!