ދުނިޔެ

ޑްރައިވަރުންނާއި ގާޑުންގެ ގޮތުގައި މަސައްކަތްކުރާ ފިރިހެނުންނަށް ކޮވިޑް ޖެހުމުގެ ފުރުސަތު ބޮޑު: ދިރާސާ

ދެން އެމްވީ ، ދެން އޮންލައިން

ދަށް ފަންތީގެ ވަޒީފާތަކުގައި މަސައްކަތްކުރާ، ސާފުކުރާ މީހުނާ، ޑްރައިވަރުންގެ އިތުރުން ސެކިއުރިޓީ ގާޑުންގެ ގޮތުގައި މަސައްކަތްކުރާ ފިރިހެނުންނަށް ކޮރޯނާވައިރަސް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

އިނގިރޭސިވިލާތުގެ ގައުމީ ތަފާސްހިސާބާ ބެހޭ އޮފީހުން އާންމު ކުރި މިދިރާސާގައި ވާ ގޮތުން ދަށްފަންތީގެ ވަޒީފާއަދާކުރާ މީހުންގެ ތެރެއިން ޑްރައިވަރުން މި ބަލީގައި މަރުވާ އަދަދު، މި ފަންތީގެ އެހެން ވަޒީފާ ތަކުގައި އުޅޭ މީހުނަށްވުރެ ދެގުނަ އިތުރެވެ.

އުމުރުން 20-46 އަހަރާ ދެމެދުގެ ވަޒީފާއަދާކުރާ މީހުންގެ ތެރެއިން ފިރިހެނުން މިބަލީގައި މަރުވާ އަދަދުވެސް އެ އުމުރުގެ އަންހެނުންނަށްވުރެ ގިނައެވެ. އެންމެ ފަސޭހައިން ބައްޔަށް ހުށައެޅޭ މީހުންނަކީ، ޓެކްސީ އަދި ބަސް ޑްރައިވަރުން، ކައްކާ މީހުން އަދި ފިހާރަތަކުގެ އެހީތެރިންގެ ގޮތުގައި މަސައްކަތްކުރާ މީހުނެވެ. ޑޮކްޓަރުންނާއި ނަރުހުން ފިޔަވައި ބަލިމީހުން ބަލަހައްޓާ މީހުންގެ ތެރެއިން ދެ ޖިންސުގެ މީހުންނަށް މި ބަލި ޖެހި އަދި ބަލީގައި މަރުވުމުގެ ފުރުސަތު ބޮޑުކަމަށް މި ދިރާސާއިން ވަނީ ދައްކާފައެވެ.

އިނގިރޭސިވިލާތުގައި ލޮކްޑައުން އިޢުލާން ކުރިތާ ކުރީކޮޅު ކޮވިޑް-19 ޖެހިގެން މަރުވި، މަސައްކަތް ކުރާ އުމުރުގެ، 3 ބައިކުޅަ 2 ބައި ފިރިހެނުންނަށް، މި އުމުރުގެ އެހެން އަންހެނުންނަށްވުރެ ބޮޑަށް މި ބަލީގެ އަސަރު ކުރިއެވެ. ފެކްޓްރީ އަދި ގުދަން ތަކުގައި މަސައްކަތް ކުރާމީހުންގެ ތެރެއިން މިބަލި ޖެހުނު މީހުން މަރުވި ރޭޓް، މި އުމުރުގެ އެހެން މަސައްކަތްކުރާ މީހުނަށްވުރެ ގިއެވެ.

މީހަކަށް ބަލި ޖެހި އަދި އެބަލީގައި މަރުވުމުގައި، އެމީހަކު އަދާކުރާ ވަޒީފާ، އުމުރު، ލިބޭ މުސާރަ، އުޅޭތަން، އެކީގައި އުޅޭމީހުން ނުވަތަ އެމީހުންގެ ނަޞްލު މުހިންމެއް ނޫނެވެ. އަދި މިދިރާސާގައި ވެސް މިކަމަށް ދައުވަ ކޮށްފައެއް ނުވެއެވެ. ނަމަވެސް މިގޮތަށް މި ދިރާސާއިން ދެއްކުން އެއީ ކުޑަ މުސާރައަށް ދަށް ފަންތީގެ ވަޒީފާތަކުގައި އުޅޭމީހުނަށް ލިބުނު ވަރަށް ބިރުވެރި ސިގްނަލެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!