ދުނިޔެ

ކޮވިޑް19: އަންހެނުންވެސް މަހަށް!

ދެން އެމްވީ ، ދެން އޮންލައިން

މިއީ މޮރޮކޯގެ އަތިރިމަތީގެ ސަރަހައްދެކެވެ. ހަރަކާތްތެރިވަމުންދަނީ މޮރޮކޯގެ އަންހެން މަސްވެރިންނެވެ. މޮރޮކޯގެ އަންހެނުންނަށް މަސްވެރިކަމުގެ ހުނަރު ދަސްކޮށްދީ، ރައްކާތެރިކަމާއެކު މަސްވެރިކަން ކުރާނެ އުކުޅު ތަކާ، ކަމެއް ބޮޑުވެއްޖެ ޙާލަތެއްގައި ފުރަތަމަ އެހީދޭނެ ގޮތުގެ ތަމްރީންވެސް ވަނީ ދީފައެވެ. މި ހުރިހާކަމެއް ފުރިހަމަ ކުރުމުން ސަރުކާރުން ހުއްދަދީގެން އަންހެނުންވަނީ މަހަށް ފުރަން ފަށާފައެވެ.

Ads by WAMCO

2018 އަހަރު އުފެއްދި މަސްވެރި އަންހެނުންގެ ޖަމްޢިއްޔާއިންވަނީ، ޒަމާނުއްސުރެ ހަމަ އެކަނި ފިރިހެނުންނަށް ޚާއްސަކުރެވިފައިވާ މަސްވެރިކަމުގެ ދާއިރާއަށް ވަދެ، ޢަމަލީ ގޮތުން މަހަށް ފުރަން ފަށާފައެވެ. މި ޖަމްޢިއްޔާގެ ރައީސް އަދި އެންމެ އިސްކޮށް މަސައްކަތް ކުރާ ފާޠިމާ މެޚްނާ ބުނީ، "އަހަރެމެންނަކީ މޫދާ ގުޅިފައިވާ މީހުން. މޫދާ އަހަރެމެން ދުރުކޮށްފިނަމަ، އެއްގަމުގައި މަހެއް މަރުވާހެން އަހަރެމެން މަރުވެދާނެ. މޫދަކީ އަހަރެންނާއި އަހަރެންގެ ދަރިންނާ އަދި މުޅި އަވަށުގެ މީހުންގެ ދިރިހުރުމުގެ އަސްލު" ކަމަށެވެ.

މޮރޮކޯގެ މިއަވަށަކީ ފަރުބަދައެއްގެ އެއްފަޅީގައި އޮންނަ އަވަށެކެވެ. އެއްފަޅިން ފަރުބަދަ އެވެ. އަނެއް ފަޅިން ދުނިޔޭގެ އެހެން މީހުނާ ދުރުގައި ދެން ފެންނަން އޮންނަނީ މޫދެވެ. މިއަވަށުގެ ގިނަ މީހުންނަކީ ކުރިން ސްޕެއިންގެ ސުއިތާގައި ވަޒީފާ އަދާ ކުރަމުން ދިޔަބައެކެވެ. ނަމަވެސް 2000 ވަނަ އަހަރު ސުއިތާގެ ބޯޑަރު ބަންދުކުރުމުން އެނބުރި ގައުމަށް އައިސް ކާބަފައިން ކުރި މަސައްކަތް ކުރަން ފެށިއެވެ.

ފިރިހެނުން މޫދުން ބޯވާއާ، ބޯވާ ދިލަމަހާ ރަތްމަހުގެ އިތުރުން ފަންހާމަސް ހިފައިގެން ވިއްކައިގެން އާއިލާތަކަށް ކާންދޭން ފެށިއެވެ. ސިއުތާގައި މަސައްކަތް ކުރި އަންހެނުން ވަނީ ބަދިގެއަށެވެ. މިތަނުން އެކަކު ކަމުގައިވާ 60 އަހަރުގެ ޚެދޫޖް ޣާޒިލް އަކީ ދުވާލަކަށް 20 ޔޫރޯގެ މުސާރައަށް ސުއިތާގެ އާއިލާއެއްގެ ކުދިން ބަލަން އުޅުނު އަންހެނެކެވެ. ދިރިއުޅުން ވަރަށް ފާގަތި ކޮށް އުޅެމުންދަނިކޮށް ބޯޑަރު ބަންދުކުރުމުން މިހާރު ހުންނަނީ ގޭގައެވެ. ކުޑަދޮރުން ކޮންމެ ދުވަހަކު މޫދު ބަލާށެވެ.

ޚެދޫޖް އަދި އެއުމުރުގެ އަންހެނުންގެ މަސައްކަތަކީ އަގަކާނުލާ، މަސްވެރިކަމަށް ބޭނުންކުރާ ދާ ތައް މަރާމާތު ކޮށްދިނުމެވެ.
މޮރޮކޯގެ މަސްވެރިކަމުގެ ދާއިރާގައި 170،000 މީހުން ވަޒީފާ އަދާކުރެއެވެ. އެ މަސައްކަތުން ލިބޭ އާމްދަނީ އިން 5.2 މިލިއަން މީހުންގެ ދިރިއުޅުމުގެ ކަންތައް ފުރިހަމަ ވެއެވެ. ނަމަވެސް ތަމްރީން ލިބިފައިނެތުމުން އަންހެނުން މިދާއިރާގައި މަސައްކަތް ކުރުމުގެ ހުއްދައެއް ކުރިން ނޯވެއެވެ. ނަމަވެސް މިހާރު ކަންތައް މިދަނީ ބަދަލު ވަމުންނެވެ. އެ ގައުމުގެ ނެޝަނަލް މެރިޓައިމް ޕޮޕިއުލަރައިޒޭޝަންގެ ފަރާތުން ވާހަކަ ދެއްކި މެޗްތީ ހާމަ ކުރި ގޮތުގައި، " ރައްކާތެރިކަމާއެކު މަސްވެރިކަން ކުރުމަށާއި، އަމިއްލަ ނަފްސު ރައްކާތެރިކުރުމަށް 2 އަހަރު ވަންދެން މި ޖަމްޢިއްޔާގެ އަންހެނުނަށްވަނީ ތަމްރީން ދީފައި" ކަމަށެވެ.

މި ޖަމްޢިއްޔާގައި ހިމެނޭ 19 އަންހެނުންގެ ތެރެއިން މީގެ ކުރިން މަސްވެރިކަމުން މަންފާއެއް ލިބުނީ އެންމެ ހަތަރު އަންހެނުންނަށެވެ.

އެ އަވަށުގައި ދިރިއުޅޭ އަންހެނުން ހާމަ ކުރާ ގޮތުގައި، އަންހެނުން މަސްވެރިކަން ކުރުމުށް އެ އަވަށުގެ ފިރިހެނުން ނުރުހެއެވެ. ފާޠިމާ ނާޖީ ކިޔާ އަންހެނަކު ހާމަ ކުރި ގޮތުގައި، ސުއިތާގެ ބޯޑަރު ބަންދު ކުރުމާއެކު އޭނާގެ ފިރިމީހާ ކުރަމުން އައި މަސައްކަތް ހުއްޓުވުމުން، ފާޠިމާ މަސްވެރިކަމަށް ނިކުތުމުން ވަރަށް ގިނަ މީހުން އޭނާއަށް މަލާމާތްކޮށް އެއްޗެހި ކިޔާހެދިއެވެ. އެހެންކަމުން އެ އަވަށުގެ އެހެން އަންހެނުންވެސް އޭނާގެ މަސައްކަތާ ގުޅެން ފާޠިމާ ހުރީ ބޭނުންވެފައެވެ. މަސްވެރިކަމަށް ވަންނަން ބޭނުންވާ މީހުނަށް ކޯޕަރޭޓިވް އެއް އުފެއްދީ މާރޗް 2018 ގައެވެ. އެންމެ ފުރަތަމަ ހިލޭ ދާ ހަދަން އުޅުނު މީހުންވެސް މިހާރު މަސްވެރިކަމަށް ނިކުތީ އާމްދަނީ ހޯދުމަށެވެ. މަސްވެރިކަމަށް ނިކުތް ޒުވާން އަންހެނަކު ހާމަކުރި ގޮތުގައި މަސްވެރިކަމަކީ ފަސޭހަ ކަމެއްނޫން ކަމަށާ ނަމަވެސް އޭނާއާ އޭނަގެ ދައްތަ ކުރަން ބޭނުންވާ ކަމަކީ މަސްވެރިކަމެވެ.









Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!