ޚަބަރު

އެރިއަދޫ ރިސޯޓުގައި މަރުވެފައި އޮތް މީހަކު އައިޖީއެމްއެޗަށް ގެންގޮސްފި

ދެން އެމްވީ ، ދެން އޮންލައިން

ކ. އެރިޔަދޫ އައިލެންޑް ރިސޯޓްގައި މަރުވެފައި އޮތް މީހަކު އައިޖީއެމްއެޗަށް ގެންގޮސްފިއެވެ.

Ads by MWSC

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ އެ ރިސޯޓުގެ ކޮޓަރިއެއްގައި 60 އަހަރުގެ ރަޝިޔާ ފިރިހެނެއް މަރުވެފައި އޮތް ކަމަށް ބެލެވޭތީ މިއަދު 14:22 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައުލޫމާތު ލިބުމާ އެކު ފުލުހުންގެ ޓީމެއް އެ ރިސޯޓަށް ގޮސްފައިވާ ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑު މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!