ޚަބަރު

ސައީދު ހުށަހެޅުއްވި ކޮވިޑް19 ގެ އެހީތެރިކަމުގެ ބިލު އަނެއްކާވެސް ބޭރު ކޮށްލައިފި

ދެން އެމްވީ ، ދެން އޮންލައިން

މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކޮވިޑް19 ގެ އެހީތެރިކަމުގެ ބިލު ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހެޅުއްވުމުން ވެސް އަނެއްކާ އަނބުރާ ފޮނުވާލައިފިއެވެ.

Ads by Sosun Fihaara

ސައީދު ފުރަތަމަ އެ ބިލު ހުށަހެޅުއްވުމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މާލިއްޔަތާއި ގުޅޭ ބިލުތައް ހުށަހެޅޭނީ ހަމައެކަނި ސަރުކާރަށް ކަމަށެވެ. އެހެންކަމުން ބިލު އިސްލާހު ކުރުމަށްފަހު އަނެއްކާވެސް ހުށަހެޅުމަށް އެދިލެއްވިއެވެ. އެގޮތުން ބިލު އިސްލާހު ކުރުމަށްފަހު އިއްޔެ ސައީދު ވަނީ އަލުން ހުށަހަޅާފައެވެ.

ނަމަވެސް މިހާރު ކުރިޔަށްދާ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އެ ބިލު އަނެއްކާވެސް އެ ބިލު ބަލައި ނުގަތުމަށް ވަނީ ނިންމާފައެވެ. ސަބަބެއް ކަމަށް ނަޝީދު ވިދާޅުވީ ގަވާއިދުގައި އެފަދަ ބިލުތައް ހުށަހެޅުމުގެ ފުރުސަތު ސަރުކާރަށް ލިބިފައިވާތީ ކަމަށެވެ.

ސައީދުގެ ބިލުގައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ލިބޭނެ ގޮތް ހެދުމާއި ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 50 ޕަސެންޓު އުނިކުރުމާއި ސްޓޫޑަންޓު ލޯނު ދެއްކުން ވެސް މަޑުޖައްސާލުން ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!