ޚަބަރު

ނަޝީދު ވިދާޅުވަނީ ރާއްޖޭގެ ކޮންމެ މީހަކަށް ކޮވިޑް ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް

ދެން އެމްވީ ، ދެން އޮންލައިން

މާލެ ފުރަބަންދުކޮށްފައި އޮތް ނަމަވެސް ރޯގާ ދަނީ ފެތުރެމުން ކަމަށާއި އަދި ފެންނަ ފެނުމުގައި ކޮވިޑް-19 ރޯގާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް ރައީސް ނަޝީދު ވަނީ ކޮވިޑް-19 ގެ ބަލި ރާއްޖޭގައި ފެތުރޭނެ ގޮތާ މެދު ސިއްހީ މާހިރުންގެ ލަފާތަކާއި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ހާލަތްތައް ވިދާޅުވެފަ އެވެ.

އަދި މިއަދުގެ ޖަލްސާގައި އެމަނިކުފާނު ވަނީ މާލޭގައި ތާށިވެފައި ތިބި މީހުން އަނބުރާ ރަށަށް ދެވޭނެ ގޮތް ވުން ލަސްވާތީ ނުރުހުން ވެސް ފާޅުކުރައްވައިފަ އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ކޮވިޑްގެ ރޯގާ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ޖެހޭނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ކަމަށާއި މިއަދުވެސް އެ ވާހަކަ ތަކުރާރު ކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މާލެ ސަރަހައްދުގައި ކާފިއު ހިނގާ ގޮތަށް ލޮކްޑައުން ކުރުމަށް ފަހު އަދި އެއް ރަށުން އަނެއް ރަށަށް ހުއްދަ ނެތި ދަތުރު ނުކުރެވޭ ގޮތަށް މުޅި ރާއްޖެ ލޮކްޑައުން ކުރުމަށް ފަހުގައި ވެސް މި ބަލި ފެތުރެމުންދާ މިނުގައި ފެތުރެމުންދާ ކަމަށެވެ.

"އަދި ފެންނަ ފެނުމުގައި މި ރޯގާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖެހޭނެ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ 100 ޕަސެންޓުރައްޔިތުންނަށް ކޮވިޑް19 ފެތުރެން ބޭނުންނުވާނަމަ ޖެހޭނީ ފަސް ލައްކަ ރައްޔިތުން ކުޑަ ގޮޅިި އަށް ލާންކަމަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!