ޚަބަރު

އަޅުގަނޑުމެންގެ ޕެންޝަން ފައިސާ އަޅުގަނޑުމެނަށް ދެއްވާ: އަލީ ރަމީޒު

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންގެ ޕެންޝަން ފައިސާ ރައްޔިތުންނަށް ދެއްވުމަށް އަލީ ރަމީޒު ގޮވާލައްވައިފިއެވެ.

Ads by STELCO

ކޮވިޑް ރޯގާ އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ މާލީ ހާލަތާއި ވަޒީފާ ގެއްލި މީހުންގެ އާމްދަނީ ހުއްޓުމަކަށް އައިސްފައިވާތީ ޕެންޝަން ފަންޑުގައި ހުރި ފައިސާ ނެގޭނެ ގޮތެއް ހޯދައި ދިނުމަށް ބައެއް ފަރާތްތަކުން ދަނީ އެދެމުންނެވެ. ސަރުކާރުން ބުނެފައިވަނީ އެއްވެސް ގޮތެއް އޮތްނަމަ ޕެންޝަން ފަންޑުގައި އަތްނުލާނެ ކަމަށެވެ.

މިކަމާ ގުޅިގެން އަލީ ރަމީޒު ކުރެއްވި ޓްވީޓެއް ވިދާޅުވީ ޕެންޝަން ފައިސާ އަށް އެންމެ ބޮޑަށް ހާއްޖަތަށް ޖެހޭ ވަގުތު އެ ފައިސާ ނުލިބޭ ކަމަށްވާ ނަމަ، ޕެންޝަން އޭ ކިޔައިގެން ފައިސާތަކެއް ޖަމާކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ ޕެންޝަން ފައިސާ އަޅުގަނޑުމެނަށް ދެއްވާ." އަލީ ރަމީޒު ވިދާޅުވިއެވެ.

އަލީ ރަމީޒު މިހެން ވިދާޅުވި ނަމަވެސް، ޕެންޝަން ފަންޑުގައި އަތްލައިފިނަމަ ގައުމުގެ މާޒީ އެކީގައި ދިޔައީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ ޕެންޝަން ފަންޑުގައި އަތްލަން ނުޖެހޭނެ ކަމަށާއި ދައުލަތުގައި ހަރަދުކުރާނެ ފައިސާ ހުރިކަމަށް ނަޝީދު ވިދާޅުވި އެވެ. އެމްޑީޕީގެ ސަރުކާރެއްގައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ނަގަން އެއްބަސްވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!