ދުނިޔެ

ޢީދާ ދިމާކޮށް ސަޢުދީ ޢަރަބިއްޔާގައި 24 ގަޑިއިރުގެ ކާފިއުއެއް އިޢުލާނުކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ފިޠުރު ޢީދާ ދިމާކޮށް ސަޢުދީ ޢަރަބިއްޔާގައި 24 ގަޑިއިރުގެ ކާފިއުއެއް އިޢުލާނުކުރަން ނިންމައިފިއެވެ.

Ads by Sosun Fihaara

ޢީދާ ދިމާކޮށް 5 ދުވަހުގެ މުއްދަތަށް މުޅި ޤައުމުގައި ކާފިއު އިޢުލާނުކުރަން ސައުދީ ޢަރަބިއްޔާގެ ދާޚިލީ ވުޒާރާއިން ނިންމީ ޗުއްޓީ ތެރޭގައި ކޯވިޑް-19 ފެތުރުނަ ނުދިނުމަށެވެ. ކާފިއު ހިންގާނީ މެއި މަހުގެ 23ވަނަ ދުވަހުން 27ވަނަ ދުވަހަގެ ނިޔަލަށެވެ. ކާފިއުގެ މުއްދަތުގައި ކުރިއެކޭ އެއްގޮތަށް ފިހާރަތަކާއި ވިޔަފާރިތައް ހުންނާނީ ހުޅުވާފައެވެ. އަދި ހެނދުނު 9ން ހަވީރު 5 ޖަހަންދެން ޢާންމުންނަށް ހުރަހެއްނެތި ބޭރުތެރޭގައި އުޅެވޭނެއެވެ. ނަމަވެސް މުސްލިމުންގެ އެންމެ މުޤައްދަސް މިސްކިތް، މަސްޖިދުލް ހަރާމް ހުންނަ މައްކާ އަދިވެސް އޮތީ ބަންދުކޮށްފައެވެ.

ސަޢުދީ ޢަރަބިއްޔާއިން މާރިޗުމަހުގެ ތެރޭގައި ކޯވިޑް-19 ޖެހިފައިވާ މީހަކު ފެނުމުން އެޤައުމުންވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެޤައުމުގެ ގިނަ ސަރަޙައްދުތަކުގައި 24 ގަޑިއިރުގެ ކާފިއުއެއް އިޢުލާނުކޮށް އުމްރާގެ އަޅުކަންވަނީ މެދުކަނޑާލާފައެވެ. ނަމަވެސް ރަމަޟާން މަހާ ދިމާކޮށްވަނީ ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަޙައްދުތައް ފިޔަވައި އެހެން ސަރަޙައްދުތަކަށް ކާފިއު ލުއިކޮށްދީފައެވެ.

ސަޢުދީ ޢަރަބިއްޔާގައި 42،925 މީހުންނަށް ކޯވިޑް-19ގެ އަސަރުކޮށް 264 މީހުންވަނީ މަރުވެފައެވެ. އެއީ ޢަރަބި ޤައުމުގެ ތެރެއިން ބަލިޖެހުނު މީހުންނާއި މަރުވި މީހުންގެ ޢަދަދު އެންމެ ގިނަ ޢަދަދެވެ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!