ޚަބަރު

މާސްކާއާއި އަންގި ކޮންމެ ރަށަކަށް ފޮނުވާ، ތުލުސްދޫ ދާއިރާގެ މެންބަރު ނަމޫނާ ދައްކަވައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް، ދާއިރާގެ ކޮންމެ ރަށަކަށް މާސްކާއި އަންގި ފޮނުއްވައިފިއެވެ.

Ads by MWSC

ނަސީމްގެ ފޭސްބުކް ޕޭޖްގައި އިއްޔެ ލިޔެފައިވާ ގޮތުގައި ދާއިރާގެ ހުރިހާ ރަށެއްގައި އެކުލަވާލާފައިވާ "ޓާސްކް ފޯސް" ގައި ބޭނުން ކުރުމަށް ކޮންމެ ރަށަކަށް 200 ފޭސް މާސްކާއި 200 އަންގި ފޮނުއްވާފައިވާ ކަމަށެވެ. އެ ރަށްތަކަކީ ކ. ތުލުސްދޫގެ އިތުރުން، ކ. ދިއްފުށި، ކ. ހުރާ އަދި ކ. ހިންމަފުއްޓެވެ.

ކޮވިޑް-19 އާއި ގުޅިގެން ތުލުސްދޫ ދާއިރާގެ ރައްޔިތުންގެ ސިއްހީ ދުޅަ ހެޔޮކަން ރައްކާތެރިކުރުމަށް ތުލުސްދޫ، ދިއްފުށި، ހުރާ...

Posted by Ibrahim Naseem on Tuesday, May 12, 2020

ނަސީމްގެ ޕޭޖްގައިވާ ގޮތުގައި ދާއިރާގެ ރަށްރަށަށް މާސްކާއި އަންގި ފޮނުއްވީ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން ރައްކާތެރިކޮށް ދިނުމުގެ ބޭނުމުގައެވެ. އަދި ކޮންމެ ރަށަކުން ވެސް މި ސާމާނާ ހަވާލުވެވަޑައިގެންނެވީ އެ ރަށެއްގެ ކައުންސިލްގެ ރައީސް ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.

"މެމްބަރު އެދިވަޑައިގަންނަވަނީ އެޗްޕީއޭގެ ލަފަ އާއި އެއްގޮތަށް އެންމެހާ ރައްޔިތުން އަމަލު ކުރެއްވުމަށް. އަދި ޓާސްކް ފޯސްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވި،" ނަސީމްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ލިޔެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!