ޚަބަރު

ނިޔާވި 92 އަހަރުގެ ގައިދީ މީހާ ވަޅުލީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހެއްގެ ގޮތުގައި!

ދެން އެމްވީ ، ދެން އޮންލައިން

ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ނިޔާވި ގައިދީ، ވަޅުލާފައިވަނީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހެއްގެ ގޮތުގައިކަމަށް "ވަގުތު" އިން ރިޕޯޓްކޮށްފިއެވެ.

Ads by MWSC

އެނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހއ. ފިއްލަދޫ، ފީރޯޒުގެ، އިސްމާއިލް ހުސެއިން 92، ނިޔާވެފައި ވަނީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.

އެމީހާގެ ޖަނާޒާގެ ކަންކަން ހުޅުމާލެ ސަހަރާގައި ކުރިއަށް ދިޔަ އިރު، އެކަމުގައި ޖަމާއަތްތެރިން އުޅެފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. ކޮވިޑް-19 ޖެހިގެން ނިޔާވާ މީހުން ހުޅުމާލޭގެ ވަކި ސަރަހައްދެއްގައި ވަޅުލާ އިރު، އިސްމާއިލް ހުސެއިން ވެސް ވަޅުލާފައި ވަނީ އެ ސަރަހައްދުގައެވެ.

އެ ގައިދީ ހިނެވުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަން އެ ޖަމާއަތްތެރިން "ވަގުތަށް" ކަށަވަރުކޮށްދީފައިވާ ކަމަށް އެނޫހުން ބުނެއެވެ. އެކަމަކު، އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެމީހުން ނުދޭ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

މިހާރު އަމަލު ކުރަމުން އަންނަ އުސޫލުގައިވާ ގޮތުން ކޮވިޑް-19 ޖެހިގެން ނިޔާވާ މީހުން ވަޅުލުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ސަހަރާގައެވެ. އަދި އެހެން ބައްޔެއްގައި ނުވަތަ އެހެން ކަމެއްގައި ހުޅުމާލޭގައި މީހަކު ނިޔާވެއްޖެ ނަމަ، އެމީހަކު ވަޅުލުމަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މާލެއަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!