ދުނިޔެ

ޓްރަމްޕްގެ ކުރީގެ ކެމްޕޭން މެނޭޖަރު ޕޯލް މެނަފޯޓް ޖަލުން ދޫކޮށްލައިފި

ދެން އެމްވީ ، ދެން އޮންލައިން

ޓްރަމްޕްގެ ރިޔާސީ އިންތިޚާބުގެ ކެމްޕެން މެނޭޖަރަކަށް މަސައްކަތްކުރި ޕޯލް މެނަފޯޓް ޖަލުން ދޫކޮށްލައިފިއެވެ.

Ads by Sosun Fihaara

ޓެކްސްއަށް މަކަރު ހެދުމުގެ އިތުރުން އެހެންވެސް ކުށްތަކެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުން ދިޔަ ޕޯލް ޖަލުން ދޫކޮށްލީ ކޮވިޑް-19 އިން ރައްކާތެރި ކުރުމުގެ ގޮތުން ކަމަށް އޭނާގެ ވަކީލު ވަނީ ބުނެފައެވެ.

71 އަހަރުގެ ޕޯލްގެ ހުކުމުގެ ބާކީބައި ދެން ތަންފީޒުކުރާނީ ގޭގައެވެ. ޕޯލް ޖަލުން ދޫކޮށްލީ، ޖަލުގައި އޭނާއަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު ބޮޑުކަމާ، ޕޯލްއަކީ އުމުރުން ދުވަސްވީ މީހެއްގެ އިތުރުން ސިއްހީ އެހެން މައްސަލަތަކެއް ހުންނަ މީހަކަށް ވުމުން، ޕޯލްގެ ގެ ވަކީލުންގެ ފަރާތުން ޕްރިސަން ބިއުރޯގައި އެދިގެންނެވެ.

ޕޯލްއަކީ 2016 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭންގައި ރަޝިޔާއާ ގުޅިގެން މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް ހިންގި ތަހުގީގުގައި އެންމެ ފުރަތަމަ ޖަލަށް ލެވުނު އެކަކެވެ.

މިހާތަނަށް އެމެރިކާގެ ޖަލުތަކުގައި ތިބި 2،818 މީހަކަށާއި، 262 މުވައްޒަފަކަށް ކޮވިޑް-19 ޖެހި އޭގެ ތެރެއިން 50 މީހަކު ވަނީ މަރުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!