ޚަބަރު

ކޮވިޑަށް ފައްސިވި އިތުރު 8 މީހަކު ރަނގަޅުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން އިތުރު 8 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

Ads by STELCO

މިއާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު މިވަނީ 40އަށް އަރާފައެވެ. މީގެތެރޭގައި ހިމެނޭނީ 26 ދިވެހިންނާއި 14 ބިދޭސީންނެވެ.

ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ޢަދަދު މިހާރު ވަނީ 955 އަށް އަރާފައެވެ.

މާލެއިން ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ކުރިއަށް މިއޮތް ދެތިން ހަފުތާގެ ތެރޭގައި، މާލޭގައި ކޮވިޑް-19 ގެ ބަލީގެ ޙާލަތު، މިހާރަށް ވުރެ މައްޗަށް ދިޔުން އެކަށީގެންވާ ކަމެއް ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ.

އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އަމިއްލަ ސާފުތާހިރުކަމަށް އިސްކަންދީ، ބަލިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!