މުނިފޫހިފިލުވުން

ލޮކްޑައުން އާއެކު ކެޓްރީނާ ދުނިޔެއާމެދު ދެކޭގޮތް މުޅިން ބަދަލުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާއި ގުޅިގެން ކުރިމަތިވަމުން އަންނަ އެކި ކަންކަމުގައި އަހަރެމެން ގިނަ ބައެއްގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ގޭގައި ތިބެ ތަފާތު އެކި ހިޔާލުތަށް ސިކުނޑި ވަށާލައި ގިނަ ބަޔަކު ވަނީ އެންޒައިޓީ ގެ ޝިކާރައަކަށް ވެފައެވެ. މީގެ ތެރޭގައި ބައެއް ފިލްމީ ތަރިން ވެސް ހިމެނެއެވެ.

Ads by Hajj Corporation

އެގޮތުން ބޮލީވުޑް ގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް ވަނީ މި ދުވަސްވަރު އޭނާއަށް ކުރިމަތި ވަމުން އަންނަ އެންޒައިޓީ ގެ މައެްސަލަތަކާއި އެކަމާއި ދުރުވުމަށް އޭނާ ކުރަމުން އަންނަ ކަންތައްތައް އޭނާގެ ފޭނުންނާއި ހިއްސާކޮށްފައެވެ.

ކެޓްރީނާ ބުނެފައިވާ ގޮތުގައި މި ލޮކްޑައުން ގެ ސަބަބުން އަހަރެމެން ވަނީ ވަރަށް ގިނަ ކަންތައްތަކަކާއި މެދު ވިސްނަން މަޖުބޫރުވެފައެވެ. އެގޮތުން އަހަރެމެންގެ ކުރީގެ ދިރިއުޅުމުގައި ލިބުނު ކަންތައްތައް އަހަރެމެން އަގުވަޒަން ނުކުރާކަން މިހާރު އަހަރެެމެންނަށް މިވަނީ ވިސްނިފައެވެ.

މީގެ އިތުރުން ކޮވިޑް19 ގެ ކޭސްތައް ދުވަހުން ދުވަހަށް އިތުރު ވަމުން އަންނައިރު އަހަރެމެންގެ ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށް، ދިފާއީ ނިޒާމް ވަރުގަދަ ކުރަން މަސައްކަތް ކުރަން ޖެހެއެވެ. މިގޮތުން ކެއުންބުއިމުގެ ވައްޓަފާޅިއާއި ލައިފްސްޓައިލް ބަދަލުކުރަން ޖެހޭ ކަމަށް ވެސް ކެޓްރީނާ ބުނެފައިވެއެވެ.

މި ލޮކްޑައުންގެ ސަބަބުން އޭނާ ދިރިއުޅުމާއި މެދު ދެކޭގޮތް މުޅިން ބަދަލުވެފައިވާ ކަން ވެސް ކެޓްރީނާ ފާހަގަކުރިއެވެ. އެގޮތުން އަހަރެމެންނަށް ލިބިފައިވާ ދިރިއުޅުމަކީ ކިހާ އަގުހުރި އެއްޗެއްކަން އަހަރެމެން އެންމެން ވެސް ގަބޫލުކުރަން ޖެހޭ ކަމަށް އޭނާ ބުނެފައިވެއެވެ.

މީގެ އިތުރުންވެސް ނަފްސާނީ ދުޅަހެޔޮކަން އިސްކަން ދިނުމަށް ކެޓްރީނާ ވަނީ ހުރިހާ ފޭނުން ކައިރި އެދިފައެވެ. އެގޮތުން ދިރިއުޅުން ނޯމަލް ވާނެ ދުވަހަކާއި މެދު އޭނާ ވެސް ވިސްނާ ފިކުރު ކުރާ ކަމަށާއި ނަމަވެސް އެ ވިސްނުން ތައް އެއް ފަރާތް ކޮށް ސިކުނޑި ހަމަޖެއްސުމަކީ މުހިންމު ކަމެއްގެ ގޮތުގައި ކެޓްރީނާ ފާހަގަކޮށްފައިވެއެވެ. އަދި މި ފަދަ ހިޔާލުތަކާއި އެއްފަރާތް ވުމުގެ ގޮތުން އޭނާ ޔޯގާ އާއި ފިލްމް ބެލުން ފަދަ ކަންކަން ކުރާ ކަން ވެސް ކެޓްރީނާ ވަނީ ހިއްސާކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!