އައްސޭރި ޖަލުގައި ތިބި ގައިދީންނާއި އޮފިސަރުން ކޮވިޑަށް ޓެސްޓުކުރަން ސާމްޕަލް ނަގައިފި
ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް އައްސޭރި ޖަލުގައި ތިބި ގައިދީންނާއި އޮފިސަރުންގެ ސާމްޕަލް ނަގަން ފަށައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އެންއޯސީއާ ގުޅިގެން، ކޮވިޑަށް ތަޙުލީލުކުރުމަށްޓަކައި ޖަލު އޮފިސަރުންނާއި ޤައިދީންގެ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ހިންމަފުށީ ގައި ހުންނަ އައްސޭރި ޖަލުގައި ކުރިއަށްދާ ކަމަށެވެ.
މީގެކުރިން މާފުށީ ޖަލުގައި ތިބި އޮފިސަރުންނާއި، ގައިދީންގެ ރެންޑަމް ސާމްޕަލް ވަނީ ނަގާފައެވެ. އެގޮތުން މާފުށީ ޖަލުން ނެގި 38 ރެންޑަމް ސާމްޕަލް ވެސް ވަނީ ކޮވިޑަށް ނެގެޓިވް ވެފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑަށް 1031 މީހަކު ފައްސި ވެފައިވާއިރު، އޭގެތެރެއިން 49 މީހަކު ބަލިން ރަނގަޅުވެ، ހަތަރު މީހަކު ވަނީ މަރުވެފައެވެ.
Ads by Allied Insurance