ދުނިޔެ

ޤައުމު ހުޅުވާލަން ކުރި އަމުރާއެކު ބްރެޒިލްގެ ހެލްތް މިނިސްޓަރ އިސްތިޢުފާ ދީފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުންދާ އެއް ގައުމު ކަމަށްވާ ބްރެޒިލްގައި މި ބަލި ކޮންޓްރޯލް ކުރުމަށް ރައީސް ޒައިރް ބޮލްޒޮނާރޯ ގެންގުޅޭ އުސޫލުތަކާއި ހިތްހަމަ ނުޖެހިގެން، އެ ގައުމުގެ ހެލްތު މިނިސްޓަރ ނެލްސަން ޓީޝް އިސްތިއުފާ ދީފިއެވެ.

Ads by Sosun Fihaara

ނެލްސަލް ވަޒީފާއަށް އައްޔަން ކުރީ، ކުރިން ހުރި ހެލްތު މިނިސްޓަރ މިދިޔަ އޭޕްރިލް 16 ގައި އިސްތިޢުފާ ދިނުމާއި ގުޅިގެންނެވެ. ކުރިން ހުރި ހެލްތު މިނިސްޓަރ އިސްތިޢުފާ ދިނީ، ކޮވިޑް-19 ގެ ފަރުވާ އަކަށް، އެންޓި މެލޭރިޔާ ޑްރަގެއް ކަމަށްވާ ހައިޑްރޮސިކްލޮރޮކްއިން ބޭނުން ކުރުމަށް މަޖުބޫރުކުރަން ފެށުމުންނެވެ.

ރައީސް ބޮލްސޮނާރޯ ފާހަގަ ކުރާ ގޮތުގައި ޓީޝް އަކީ ވަރަށް މަޑުމައިތިރި މީހެކެވެ. ޓީޝްއަށް ރައީސް މަޖުބޫރު ކުރަމުން ދިޔައީ އިގްތިޞާދު ހުޅުވާލުމަށާއި، ކުރީގެ ހެލްތު މިނިސްޓަރެކޭ އެއްގޮތަށް ކޮވިޑް-19 ފަރުވާއަށް ހައިޑްރޮސިކްލޮރޮކްއިން ބޭނުން ކުރުމަށެވެ. ނަމަވެސް މިކަންތަކަށް އެއްބަސް ނުވެ ޓީޝްވަނީ އިސްތިޢުފާ ދީފައެވެ. މިއީ ކޮވިޑް-19 ކޮންޓްރޯލުން ނައްޓާފައިވާކަމަށް ބެލެވޭ ބްރެޒިލްގައި އެއްމަސް ތެރޭގައި އިސްތިޢުފާ ދިން ދެވަނަ ހެލްތު މިނިސްޓަރެވެ.

މިދިޔަ ހުކުރު ދުވަހު އޮތް ނޫސްވެރިންގެ ބައްދަލު ވުމުގައި ޓީޝްވަނީ، އޭނާއަށް ވަޒީރުކަން ދިނުމުން އެކަމަށް ރައީސްއަށް ޝުކުރު އަދާ ކޮށްފައެވެ. އަދި އޭނާއަށް ކުރެވުނު އެންމެ ރަނގަޅަކަށް ވަޒީރުކަމުގެ މަސައްކަތް ކުރި ކަމަށް ފާހަގަ ކުރި ނަމަވެސް، އިސްތިޢުފާ ދިން ސަބަބެއް މި ބައްދަލު ވުމުގައި ހާމައެއް ނުކުރެއެވެ. ޓީޝް އިސްތިޢުފާ ދިނުމާ ގުޅިގެން ރައީސް އަށް ސިޔާސީގޮތުން ބޮޑެތި ފާޑު ކިޔުން ތަކެއް ދަނީ އަމާޒު ވަމުންނެވެ. އަދި ރައީސް މަޤާމުން ދުރުކުރުމަށް ވެސް ވަނީ ގޮވާލާފާއެވެ. އާންމުންވަނީ ގެތަކުގައި ތިބެގެން ކުޑަދޮރުން ތެލިތަށީގައި ތަޅާ އަޑުގަދަކޮށް ނުރުހުން ފާޅުކޮށްފައެވެ.

ޓީޝްވަނީ، ރައީސް އެދުނު ގޮތަށް ގައުމުގެ އިގްތިސާދު ހުޅުވާލުމަށް ގައިޑްލައިތަކެއް ތައްޔާރުކޮށްފައެވެ. ނަމަވެސް ޖިމް ތަކާއި ސެލޫންތައް ހުޅުވާލަށް ރައީސް ހުއްދަދިންކަން އެނގުމުން އެކަމާ ހައިރާން ވާކަށް ވަނީ ފާޅުކޮށްފައެވެ. ޓީޝް އިސްތިޢުފާ ދިނީ ބްރެޒިލްގައި ރެކޯޑް އަދަދަކަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދުވަހުއެވެ. ބްރެޒިލްގައި މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 222,760 އަށް އަރާފައެވެ.

ބްރެޒިލްގެ ކެބިނެޓްގައި ތިބި އަސްކަރިއްޔާއަށް ނިސްބަތްވާ މެމްބަރުން އަންނަނީ، ދެން އައްޔަށް ކުރާ ހެލްތު މިނިސްޓަރަކަށް އަސްކަރިއްޔާގެ ތަޖުރިބާ ހުރި އެޑުއަޑޯ ޕަޒުއެއްލޯ ހެދުމަށް ބާރު އަޅަމުންކަމަށް ސަރުކާރުގެ ފަރާތުން ރޮއިޓަރސްއަށް މަޢުލޫމާތު ދީފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!