ނޭވާ ހޮޅިއަށް އެޅުމުން އެމެރިކާގެ ކޮވިޑް-19 ރިލީފް ފަންޑަށް ތިން ޓްރިލިން ޑޮލަރު ފާސްކޮށްފި
ދުނިޔެއިން އެންމެ ގަދައަށް ކޮވިޑް-19 ފެތުރު ގައުމުކަމަށްވާ އެމެރިކާގެ ހަލާކުވެފައިވާ އިޤްތިޞާދު އާރާސްތު ކުރުމާއި، ކޮވިޑް-19 ގެ މަސައްކަތްތަކަށް ހޭދަ ކުރުމަށް ތިން ޓްރިލިއަން ޑޮލަރުގެ ރިލީފް ފަންޑެއް އެގައުމުން ފާސްކޮށްފިއެވެ. މި ބިލް ފާސް ކުރިޔަނުދޭން 14 ޑިމޮކްރެޓުން ދިޔައީ ގޮވާލަމުންނެވެ. މިއީ ކޮރޯނާވައިރަހަށް މީގެ ކުރިން ފާސްކުރެވުނު ހަތަރު ބިލް އެއްކޮށްލުމުން އަންނަ އަދަދަށް ވުރެވެސް ބޮޑު އަދަދެއްގެ ބިލެކެވެ.
ފާސްކުރި ފަންޑުގެ ތެރެއިން އެއް ޓްރިލިއަން ހޭދަ ކުރުމަށް ހަމަޖެހިފައިވަނީ ލާމަރުކަޒީ ސަރުކާރުތަކަށް ކަމަށާއި، ބާކީ މީހަކަށް 1200 ޑޮލަރުގެ މަގުން ހޭދަ ކުރެވޭނީ ވަޒީފާ ގެއްލުނު އަމިއްލަ ފަރުދުންނަށާއި، ގޭގެ ކުއްޔަށް ދީގެން އުޅޭ ގެތަކުގެ ވެރިންނަށާއި، ކޮލެޖްގެ ފީ ދައްކަން އުނދަގޫ ވެގެން އުޅޭ ކިޔަވާ ކުދިންގެ އިތުރުން ޕޯސްޓަލް ސަރވިސްގައި މަސައްކަތް ކުރާފަރާތްތަކަށް ޚަބަރުތައް ބުނެއެވެ. މިވަބާގެ ސަބަބުން 36.5 މިލިއަންގެ މީހުންގެ ވަޒީފާ ގެއްލިގެން ވަނީ ރިޕޯޓް ކޮށްފައެވެ. އެއީ ވަޒީފާ އަދާކުރާ ކޮންމެ ފަސް މީހަކުން އެކެކެވެ.
މި ބިލް ފާސްވެގެން މި އައީ ކޮރޯނާވައިރަސްގެ ސަބަބުން އެމެރިކާ އިން 90 ހާހަށް ގާތަށް މީހުން މަރުވެފައިވާ ދަނޑިވަޅެއްގައެވެ. މިހާތަނަށް އެމެރިކާއިން މި ބައްޔަށް ދޮޅު މިލިއަނެއްގާ މީހުން ޕޮޒިޓިވް ވެ މީގެ ތެރެއިން 16 ހާސް މީހުންގެ ހާލަތު ސީރިއަސް ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.