ދުނިޔެ

އިންޑިޔާ ސިފައިންގެ މީހެއްގެ ހުވަފަތް އަންހެނުން ކެއަރ ފަންޑަށް 2 ލައްކަ ރުޕީސް ހަދިޔާކޮށްގެން މިސާލު ދައްކައިފި

ދެން އެމްވީ ، ދެން އޮންލައިން

އިންޑިޔާ ސިފައިންގެ މީހެއްގެ ހުވަފަތް އަންހެނުން، ކޮވިޑް-19 އަށް ބޮޑުވަޒީރު އުފެއްދި ކެއަރ ފަންޑަށް ދެލައްކަ ރުޕީސް ހަދިޔާ ކޮށްގެން މިސާލު ދައްކައިފިއެވެ. އިންޑިޔާގެ ދިފާޢުގައި ހަނގުރާމަކޮށް 1965 ގައި މަރުވި ސިފައިންގެ މީހެއްގެ އަންހެނުން ކަމަށްވާ ދަރްޝަނީ ދޭވީ ވަނީ އޭނާ ރައްކާކޮށްފައިވާ ހުރިހާ ފައިސާއެއް ކޮވިޑް ފަންޑަށް ހަދިޔާކޮށް މިކަމުގައި އޭނާގެ ބައިވެރިވުން ފުރިހަމަ ކޮށްފައެވެ. ދަރްޝަނީ ދޭވީ ހަދިޔާ ކުރި ފައިސާ ވަނީ އުއްތަރާކަންޑްގައި އޭނާ އުޅޭ އަވަށުގެ އިދާރާއާ ހަވާލުކޮށްފައި ކަމަށް އޭ. އެން. އައި އިން ޚަބަރު ދެއެވެ.

Ads by WAMCO

ދަރްޝަނީ ދޭވީގެ މި ޢަމަލު ގިނަ ބަޔަކު ފާހަގަ ކޮށް އެކަމުން މިސާލު ނަގައިގެން ވީ އެންމެ ގިނަ ބަޔަކު މި ފަންޑަށް ފައިސާ ހަދިޔާ ކުރުމަށް ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރާވަތު ވެސް ވަނީ ގޮވާލާފައެވެ. ރާވާތުގެ ވާހަކައިގައި، މިއީ އިންޑިޔާގެ އިއްޔެގެ އަސްކަރިއްޔާކަމަށާ، މުސްތަގުބަލުގައި ވެސް އިންޑިޔާގެ އަސްކަރިއްޔާ އޮންނާނީ މިހެންކަން ފާހަގަ ކުރަމުންބުނީ، ދަރްޝަނީ ދޭވީ އާއި މެދު އިންޑިޔާ ފަޚުރުވެރިވާ ކަމަށާ، އެހެން މީހުނަށް މިގޮތަށް މިކަމުގައި ބައިވެރި ވެވެން ނެތްނަމަ އެންމެ ކުޑަމިނުން ދައްކަން ޖެހޭ ޓެކްސް، ބަހަނާއެއް ނުހޯދާ ދެއްކުމަށް ވަނީ ގޮވާލާފައެވެ.

އިންޑިޔާއިން މިހާތަނަށް 85 ހާސް މީހަކަށް މިބަލި ޖެހި 2،752 މީހަކު ވަނީ މިބަލީގައި މަރުވެފައެވެ. މި ބައްޔާއި ގުޅިގެން އިޢުލާން ކޮށްފައިވާ ލޮކްޑައުންގެ ސަބަބުން އެތައް މިލިއަން މީހުންގެ އާމްދަނީ ހުއްޓި އެތައް މިލިއަން އާއިލާއެއް ވަނީ ބިކަވެފައެވެ. ގިނަ އާއިލާތަކުގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ މީހުން ތިބީ އެހެން ސްޓޭޓޭތަކުގައި ތާށިވެ ލޮކްޑައުންގެ ސަބަބުން އާއިލާގެ ގާތަށް ވެސް ނުދެވިފައެވެ. އަދި ދަތުރު ފަތުރު ހުއްޓާލަފައި ވުމުގެ ސަބަބުން ހިނގާފައި އެތައް ސަތޭކަ ކިލޯމީޓަރުގެ ރާސްތާ ކަޑައްތު ކުރުމަށް ނިކުތް މީހުންގެ ތެރެއިން 70 މީހަކު އެކި ހާދިސާތަކުގައި ވަނީ މަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!