ދުނިޔެ

ޒަޚަމްވެފައިވާ ދަރިފުޅު ކޮނޑަށް ލައިގެން 900 ކިލޯމީޓަރަށް ހިނގާފައި ދިޔަ ބައްޕަ. މި އިޙްސާސް ހިތަށް ގެނެވޭތަ؟

ދެން އެމްވީ ، ދެން އޮންލައިން

ބަލަން ހިތަށް ކެތްނުވާވަރުގެ ވީޑިއޯއަކުން ފެންނަނީ، އިންޑިޔާގެ ބައްޕައަކު އޭނާގެ ޒަޚަމް ވެފައިވާ ފިރިހެން ދަރިފުޅު ކޮނޑަށް ލައިގެން ހިނގާފައި ދާތަނެވެ. މި ވީޑިއޯގައި އަމިއްލައަށް ހަދާފައިވާ ކޮށްޓެއް ކަހަލަ އެއްޗެއްގައި ދަރިފުޅު އޮންނަތަން ފެނެއެވެ.

Ads by Sosun Fihaara

އެކުއްޖާ އޮންނަނީ މާސްކްވެސް އަޅުވާފައެވެ. މި މީހުންނަކީ ޕަންޖާބުގައި ވަޒީފާ އަދާކުރުމަށް ގޮސް ތިބިބައެކެވެ. ހިނގާފައި އެދަނީ 900 ކިލޯމީޓަރު ދުރުގައިވާ މަދްޔަ ޕްރަދޭޝްއަށެވެ. ވީޑިއޯ ނަގާފައި ވަނީ އެމީހުން ކާންޕޫރަށް ދިޔަ ފަހުންނެވެ. މިބައްޕަގެ ހިތަށް ކުރާނެ އަސަރު އިހުސާސް ކޮށްލާށެވެ.

މިއީ އިންޑިޔާގައި އިޢުލާންކޮށްފައިވާ ލޮކްޑައުންގެ ސަބަބުން އެހެން ސްޓޭޓްތަކަށް ވަޒީފާއަށް ގޮސްތިބިމީހުންގެ ކޮންމެ ދުވަހެއްގެ ހާލެވެ. "ލޮކްމަތު" ގައިވާ ރިޕޯޓެއް ބުނާގޮތުން ޕޮލިސް އޮފިސަރ ރާމްކުމާރު ގުޕްތާއަށް މިމީހުން ފެނިފައިވަނީ ކާންޕޫރުގެ ރާމަދެވީ ސަރަހައްދުންނެވެ. ޕޮލިހުން އެމީހުން ހުއްޓުވާ އެމީހުނާ ވާހަކަ ދައްކާ އެމީހުންގެ މަޢުލޫމާތު އޮޅުން ފިލުވިއެވެ. ޒަޚަމްވެފައިވާ ކުއްޖާގެ ބައްޕަގެ ނަމަކީ ރާޖްކުމާރެވެ.

ޕޮލިސް އޮފިސަރާ ވާހަކަ ދައްކަމުން ރާޖްކުމާރު ބުނީ، ޒަޚަމްވެފައިވާ ކުއްޖަކީ އޭނާގެ 15 އަހަރުގެ ދަރިފުޅު ބްރަޖޭޝް ކުމާރު ކަމަށާއި، އޭނާގެ ކަރަށް ލިބިފައިވާ ޒަޚަމެއްގެ ސަބަބުން ހިނގާ ވެސް ނޫޅެވޭ ކަމަށެވެ. ލޫދިޔާނާއިން ވަޒީފާގެއްލި ކައިބޮއި ހަދާނެ އެއްވެސް އެއްޗެއް ނުލިބުމުން އެނބުރި އެމީހުންގެ އަވަށަށް ދަނީ ކަމަށްވެސް އެމީހުން ބުންޏެވެ. މިހިސާބުން ޕޮލިސް އޮފިސަރު ވަނީ އެމީހުންގެ ގެއަށް ދިއުމަށް ދުއްވާ އެއްޗެއްގެ އިންތިޒާމް ހަމަޖައްސާ ދީފައެވެ. މިމީހުނާއެކީ މި ދިގު ދަތުރުގައި 18 މީހަކު ބައިވެރިވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!