ޚަބަރު

ޓްރެފިކް ގަވާއިދުތައް ތަންފީޒު ކުރަން ލުއި ގޮތްތަކެއް ހޯދަންޖެހޭ: ސީޕީ

ދެން އެމްވީ ، ދެން އޮންލައިން

ޓްރެފިކްގެ ގަވާއިދުތައް ތަންފީޒުކުރުމަށް ޓްރެފިކް ބަލަހައްޓާ ފުލުހުން އުފުލަންޖެހޭ ބުރަ، ލުއިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ސީޕީ މިހެން ވިދާޅުވީ މިދިޔަ އަަހަރު ޓްރެފިކް މައްސަލަތަކުގައި ފިޔަވަޅު އެޅުނު ގޮތުގެ ތަފާސް ހިސާބުތައް އާންމުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. ސީޕީ ވިދާޅުވީ މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށް އޮފިސަރުން ކޮންމެ ދުވަހަކުވެސް ގިނަ ވަގުތުތަކެއް ހޭދަކުރާ ކަމަށެވެ.

ނަމަވެސް އެއީ އެކަން އޮންނަން ވާނެ ގޮތް ނޫން ކަމަށާއި، އޮފިސަރުންނަށް ލުއި ގޮތްތަކެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކާ އެކު އަންނަ ހަފްތާގައި މަޝްވަރާތައް ފައްޓަވާނެ ކަމަށް ސީޕީގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ސީޕީ އާންމުކުރެއްވި މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެކަނި ވެސް 69،552 ޓްރެފިކް މައްސަލައާ ގުޅިގެން ވަނީ ފިޔަވަޅު އަޅައިފައެވެ.

އޭގެ ތެރޭގައި އެންމެ ގިނައީ ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ މައްސަލަތަކެވެ. މިދިޔަ އަހަރު 36،963 ވަޔަލޭޝަން ސްޓިކާ ޖެހި އިރު، ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވުމުގެ 7500 އަށް ވުރެ ގިނަ މައްސަލައާ ގުޅިގެން ފިޔަވަޅު އަޅާފައިވެއެވެ.

މިދިޔަ އަހަރު 2840 އުޅަނދެއް ޓޯކޮށްފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!