ޚަބަރު

ނިއު ނޯމަލް: އެހެންމީހުންގެ ފޯނުގައި ދެނެއް އަތެއް ނުލެވޭނެ!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ލޮކްޑައުންގެ ހާލަތަށްފަހު ދެން ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރުމުގައި ރައްކާތެރިކަމުގެ ގޮތުން ފޯނު ފަދަ ތަކެތި އެހެން މީހުންގެ އަތަށް ނުދިނުމަށް ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ އާ އާންމު ހާލަތުގައި އެމީހެއްގެ ފޯނު ގެންގުޅެން ވާނީ އެމީހަކު ކަމަށެވެ. ފޯނަކީ ވަރަށް ގިނައިން އަތްލާ އެއްޗަކަށްވާ އިރު، ގިނަ ފަހަރު ފޯނު ސާފު ކުރަން ހަނދާން ނެތޭ ކަމަށާއި ކުރިއަށް އޮތް ތަނުގައި މިކަމަށް ރައްޔިތުން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ގިނައިން ކުރެވޭ ކަމެއް މިއީ ފޯނު ކުޑަކުދިންގެ އަތަށް ދިނުން. ފޯނު ތަނެއްގައި ބާއްވާފައި އޮތްނަމަ އެ ކުދިންވެސް ބައެއްފަހަރު ނަގާނެ. ފޯނަކީ ވަރަށް ގިނައިން އަޅުގަނޑުމެން އަތްލާ އެއްޗެއް. އަދި ވަރަށް ގިނަ ފަހަރު ހަނދާން ނެތިފައި ހުންނާނީ ސާފުކޮށްލަން ވެސް. އެހެންވީމަ އެ ރައްކާތެރި ގޮތެއްގައި ބޭނުން ކުރުން" އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން އަމަލު ކުރަން ޖެހޭ "ނިއު ނޯމަލް" ގައި ދެ ތިން މަހު ތިބެން ޖެހިދާނެ ކަމަށާއި ބަލި ޖެހޭ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރު ނުވި ނަމަވެސް މިކަމުން ސަލާމަތްވެވޭނީ އެ މަސްތަކުގައި އެގޮތަށް ހިފަހައްޓާލައިގެން ކަމަށެވެ.

މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަށް ގެނެސްފައިވާއިރު، ނިއު ނޯމަލް އަށް ތައްޔާރުވުމުގެ މަސައްކަތް މިހާރު ވެސް މާލޭގައި އަންނަނީ ކުރަމުންނެވެ. އެގޮތުން މިއަދު މާލޭ ސިޓީ ކައުންސިލުން ވަނީ ގައިދުރުކޮށްގެން ތިބުމަށް ހާއްސަ ފާހަގަތަކެއް މަގުމަތީގައި ކުރަހަން ފަށާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!