ޚަބަރު

އިތުރު 5 ބިދޭސީން ކޮވިޑް19 އަށް ފައްސިވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި އިތުރު 5 ބިދޭސީން ކޮވިޑް19 އަށް ފައްސިވެއްޖެއެވެ.

Ads by STELCO

އެޗްޕީއޭ އިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިރޭ 08:30 އާ ހަމައަށް ރާއްޖެއިން އިތުރު 5 ބިދޭސީން ފައްސިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް 4 މީހަކާއި ސްރީލަންކާ މީހެކެވެ.

އެއާއެކު ރާއްޖެއިން ފައްސިވި މީހުންގެ އަދަދު ވަނީ ޖުމްލަ 1083 އަށް އަރާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!