ވިޔަފާރި

އެސްޓީއޯއިން ވިއްކާ ފިޔާ އަދި ބިހުގެ އަގު ހެޔޮކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އެސްޓީއޯއިން ވިއްކާ ފިޔާ އަދި ބިހުގެ އަގު އަނެއްކާވެސް ހެޔޮކޮށްފިއެވެ.

Ads by STELCO

އެސްޓީއޯއިން ވަނީ ފިޔާ ބަސްތާއެއްގެ އަގު ހެޔޮކޮށްފައި ވަނީ 175 ރުފިޔާއަށެވެ. މީގެ ކުރިން ފިޔާ ބަސްތާއެއް އެސްޓީއޯއިން ވިއްކަމުން އައިސްފައިވަނީ 255 ރުފިޔާއަށެވެ.

މީގެއިތުރުން އެސްޓީއޯއިން ވަނީ ބިސް ކޭހެއްގެ އަގު 240 ރުފިޔާއަށް ތިރިކޮށްފައެވެ. ކުރިން ބިސް ކޭހެއް ވިއްކަމުން އައިސްފައިވަނީ 260 ރުފިޔާއަށެވެ.

އީ-ސްޓޯރ މެދުވެރިކޮށް މިބާވަތްތައް ގަތުމަށްފަހު ޕޮލިސް ހުއްދައަކާއެކު އިންޑަސްޓްރިއަލް ވިލަޖުގައި ހުންނަ އެސްޓީއޯގެ ފެރިޝަބަލް ގުދަނަށް އައުމުން ތަކެތި ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެގޮތުންބހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 11 އިން މެންދުރުފަހު 3 އަކަށް ތަކެތި ދޫކުރަމުންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ޑެލިވަރީގެ ޙިދުމަތްވެސް އެސްޓީއޯއިން ދަނީ ދެމުންނެވެ. އެގޮތުން 7291123 އަދި 7291125 އަށް ގުޅައިގެން މި ޙިދުމަތް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ބުނީ ފިޔާ އަދި ބިހުގެ އަގު ހެޔޮކޮށްފައިވަނީ މިތަކެތީގެ އާ ޝިޕްމަންޓެއް ލިބުމާއި ގުޅިގެންކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!