ޚަބަރު

"ޓީވީތަކުން އަންނަނީ ކޮވިޑް ބިރުވެރި ފިލްމެއްގެ ގޮތުގައި ސިފަކުރަމުން، އެއީ މަރު ބައްޔެއް ނޫން"

ދެން އެމްވީ ، ދެން އޮންލައިން

ޓީވީ ޗެނަލްތަކުން ކޮވިޑް-19 ބިރުވެރި ފިލްމެއްގެ ގޮތުގައި ސިފަކުރަމުން އަންނަ ކަމަށާއި އެއީ މަރު ބައްޔެއް ނޫން ކަމަށް މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މިއަދު މަޖިލީހުގެ ޖަލްސާގައި މެމްބަރުން ފާޅު ކުރައްވަމުން ގެންދެވި ޝުއޫރުތަކާއި ދައްކަވަމުން ގެންދެވި ވާހަކަ ތަކުގެ ތެރެއިން މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.

ނަޝީދު ވިދާޅުވީ ކޮވިޑް-19 ބިރުވެރި ފިލްމެއްގެ ގޮތުގައި ޓީވީ ތަކުން ދައްކުން އަންނަތާ މަސްދުވަސް ވެއްޖެ ކަމަށެވެ.

"މިސާލަކަށް ނަރުދޫ 11 މީހުންނަށް ޖެހިއްޖެ. އެމީހުން ހަގީގަތުގައި ގަބޫލެއް ނުކުރެ އެމީހުންނަށް ކަމެއް ވެފާ ތިބި ކަމަކަށް ވެސް. މި ބަލީގެ ނުރައްކާތެރިކަމެއް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވުނު. އަޅުގަނޑު މި ދަންނަވަނީ ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންނަކަށް. އެއީ މި ބައްޔަކީ އެ ފާހަގަކުރެވުނު ބާވަތުގެ މަރު ބައްޔެއް ނޫންކަން." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މަރު ބަލީގެ ގޮތުގައި ފާހަގަވާ ބަލިތައް ހުންނަ ކަމަށެވެ. އަދި ކޮވިޑަކީ ނުރައްކާތެރި ބައްޔެއް ކަމަށާއި ބަލީގައި ބައެއް މީހުންގެ ހާލުދެރަވާ ކަމަށެވެ. ނަމަވެސް ހާލު ދެރަވަނީ ވަރަށް މަދު އަދަދެއްގެ މީހެއް ކަމަށާއި އެެއީ އިރާދަފުޅުން ލިބިފައިވާ ނަސީބެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރާއްޖެއިން ކޮވިޑް ފެނުނުތާ ކުރީ ކޮޅުވެސް ނަޝީދު ވަނީ ކޮވިޑަކީ ނުރައްކާތެރި ބައްޔެއް ނޫން ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައެވެ. އަދި ފަހުން އެ ބައްޔަ ބެހޭ ގޮތުން ވާހަކަ ދައްކަވާ، ސިއްހީ ފަރާތްތަކުން ލަފާ ދޭ ގޮތަށް ރައްޔިތުން ގޭގައި ތިބުމަށް ނަޝީދުވެސް ލަފާ ދެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!