ޚަބަރު

ޒުވާނުންގެ ޤައުމީ މަޖިލީހުން ޒުވާނުންނާއި ބައިވެރިވުމަށް ނިންމުމެއް: އެލަވެންސް ނުނަގާ މަސައްކަތް ކުރަން ފާސްކޮށްފި!

ދެން އެމްވީ ، ދެން އޮންލައިން

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެތައް ޒުވާނަކަށް ދިމާވެފައިވާ ޙާލަތުގައި ބައިވެރިވުމުގެ ގޮތުން އެލަވަންސް ނުނަގާ މަސައްކަތް ކުރަން ޒުވާނުންގެ ޤައުމީ މަޖލީހުން ނިންމައިފިއެވެ.

Ads by MWSC

އަންގާރަ ދުވަހު ބޭއްވި އެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމާފައިވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކުރި ދުވަހުން ފެށިގެން، އެ ހާލަތު އުވާލާ އެއް މަސް ވާންދެން އެ މަޖިލީހުގެ އެއްވެސް މެންބަރަކު އެލަވަންސް ނުނަގާ މަސައްކަތް ކުރުމަށެވެ.

ދެން އޮންލައިންނާއި ވާހަކަދައްކަމުން ޒުވާނުންގެ ގައުމީ މަޖިލީހުގެ މެންބަރަކު ވިދާޅުވީ، މިގޮތަށް ނިންމި މައިގަނޑު ސަބަބަކީ ރާއްޖޭގެ އެތައް ޒުވާނުންނެއް ހާލުގައި ޖެހި އެތައް ޒުވާނެއްގެ ވަޒީފާ ގެއްލި ގިނަ ޒުވާނުންނަށް މުސާރަ ނުލިބޭ މި ދަނޑިވަޅުގައި އެ ޒުވާނުންތަކަށް ދިމާވެފައިވާ ހާލަތުގައި ބައިވެރިވެ އެ ދަތިަކަމުގަ ޒުވާނުންގެ މަޖިލިސް ހިއްސާވުމުގެ ރަމްޒެއްގެ ގޮތުންނެވެ.

ޒުވާނުންގެ ޤައުމީ މަޖިލިސްގައި އެކި ދާއިރާތަކުން ޒުވާނުން ތަމްސީލުކުރާ 15 ޒުވާނަކު ހިމެނެއެވެ. ނަމަވެސް 2 މަގާމު ހުސްވެ މިވަގުުތު ތިއްބަވަނީ 13 މެންބަރުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!