ޚަބަރު

ފައްސިވި މަހެއް ނުވާ ތުއްތު ކުއްޖާގެ ދެވަނަ ސާމަޕްލަ ނައްސި

ދެން އެމްވީ ، ދެން އޮންލައިން

ފައްސިވި މަހެއް ނުވާ ތުއްތު ކުއްޖާގެ ދެވަނަ ސާމަޕްލަ ނައްސި ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

Ads by MWSC

އައިޖީއެމްއެޗަށް ވިހެއި މި ތުއްތު ކުއްޖާ ކޮވިޑް-19އަށް ފައްސިވި ކަން ހާމަކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއޯސީ)ގައި ބޭއްވި ނޫސް ކޮންފަރެންސްގައި ޑރ. ނަޒްލާ ރަފީގުއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ 20 ދުވަހުގެ އެ ކުއްޖާގެ ދެވަނަ ސާމަޕަލް ނައްސި ކަމަށާއި ތިން ވަނަ ސާމްޕަލެއް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަޒްލާ ވިދާޅުވީ އެ ކުއްޖާ ޓެސްޓު ކުރީ ފައްސިވި މީހެއްގެ އިންޑައިރެކްޓް ކޮންޓެކްޓެއް ބައްޔަށް ފައްސިވެ، އެ ކުއްޖާއާ ކޮންޓެކްޓް ވެފައިވާތީ އާއި އަދި އެ ކުއްޖާގެ ފަރާތުން ކޮންމެވެސް ވަރަކަށް އަލާމާތްތަކެއް ފެނިފައިވާތީ ކަމަށެވެ.

ތުއްތު ކުއްޖާ ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެކުއްޖާގެ މަންމަ އަދި ބައްޕަ ވަނީ ކޮވިޑަށް ޓެސްޓުކޮށްފައެވެ. ނަމަވެސް ދެމީހުން ވަނީ ކޮވިޑް-19 އަށް ނައްސިވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!