ޚަބަރު

"އޮންލައިން ކުރުމުން ޝަރީޢަތް އަވަސްވެ، އިންޞާފު ހޯދަން ހިނގަންޖެހޭ ދިގު މަގު ކުރުވެގެންދާނެ"

ދެން އެމްވީ ، ދެން އޮންލައިން

ކޯޓު ތަކުގެ ޝަރީއަތްތައް އޮންލައިން ކޮށްކުރިއަށް ގެންދިއުމުން ޝަރީޢަތް އަވަސްވެ، އިންޞާފު ހޯދަން ހިނގަންޖެހޭ ދިގު މަގު ކުރުވެގެންދާނެ ކަމަށް ރާއްޖޭގެ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރިއްފަތު މިފަދައިން ވިދާޅުވީ ފުރަތަމަ ފަހަރަށް ސްޕްރީމް ކޯޓުގެ ޝަރީއަތްތައް އޮންލައިންކޮށް ޓްވިޓަރ އަދި ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރުމަށް ސްޕްރީމު ކޯޓުން ނިންމުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ރިއްފަތު ވިދާޅުވީ ޝަރީއަތް ކުރިއަށް ގެންދިއުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމުން ޚަރަދާއި ވަގުތު ސަލާމަތްވެ އިންސާފު ލިބޭކަން އިހްސާސު ކުރެވިގެންދާނެކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ އިއުލާންގެ ދަށުން އޮފީސްތައް ބަންދު ކޮށްފައިވާތީ އާންމު އުސޫލުން ޝަރީއަތްތައް އޮތީ މެދުކަނޑާލައިފަ އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ގަވާއިދުގައިވާ ގޮތުން މީހުން ކޯޓަށް ހާޒިރުކުރުން ރައްކާތެރި ނޫން ހާލަތްތަކުގައި އެ ކޯޓުގެ ޝަރީއަތްތައް ކުރިއަށް ދާނީ މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް ނުވަތަ ފޯނު ނުވަތަ އެ ނޫން ވެސް ޓެލެކޮންފަރެންސިން ނިޒާމެއް މެދުވެރިކޮށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!