ޚަބަރު

ބަލި ޖެހި ރަނގަޅުވެފައިވާ މީހުން ތިބިތޯ ބަލަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ޖެހި، މިހާރު އެ ބަލިން ރަނގަޅުވެފައިތިބި މީހުން މުޖުތަމައުގެ ތެރޭގައި ތިބިތޯ ބެލުމަށް ޓެސްޓު ކުރުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފަށައިފި އެވެ.

Ads by MWSC

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒް ވިދާޅުވީ، ބަލިން ރަނގަޅުވެފައިތިބި މީހުން މުޖުތަމައުގެ ތެރޭގައި ތިބިތޯ ބެލުމަށް އެންމެ ފުރަތަމަ ޓެސްޓު ކުރަނީ، ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ތަންތަނުގެ ތެރެއިން މިހާރު މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ތަންތަނުގައި ތިބި މީހުންގެ ތެރެއިން ކަމަށެވެ.

"ބިދޭސީން ތިބޭ ކޮންޓެއިންމަންޓް ސައިޓްތަކުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުންގެ އެންޓިބޮޑީ ޓެސްޓް ހަދަން މިއަދު ވަނީ ސާމްޕަލް ނަގަން ފަށައިފި. ޓެގް ޓީމުން ބަލަން ބޭނުން ވަނީ މި ބަލި ޖެހިފައި އެއްވެސް ބަޔަކު ރަނގަޅުވެފައި ތިބިތޯ،" މަބުރޫކު ވިދާޅުވި އެވެ.

އެންޓިބޮޑީ ނުވަތަ ލޭގެ ޓެސްޓުގައި މައިގަނޑު ގޮތެއްގައި ބަލަނީ، މީހެއްގެ ހަށިގަނޑުގައި އެ ބަލި ކުރިން ހުރިތޯ އާއި، ހުރިނަމަ، އިމިޔުނިޓީސް ނޫނީ އެ ބަލި ދިފާއުކުރުމުގެ މާއްދާތައް ހަށިގަނޑުގައި އުފެދިފައިހުރިތޯ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!