ޚަބަރު

އެމެރިކާގެ ފޮރިން ސާވިސް ނެޝަނަލް އެވޯޑު ދިވެއްސަކަށް

ދެން އެމްވީ ، ދެން އޮންލައިން

އެމެރިކާގެ ފޮރިން ސާވިސް ނެޝަނަލް އެވޯޑު ދިވެއްސަކަށް ލިބިއްޖެ އެވެ.

Ads by MWSC

މި އެވޯޑު ލިބިފައި ވަނީ ސްރީލަންކާގައި ހުންނަ އެމެރިކާ އެމްބަސީގައި މަސައްކަތް ކުރަމުން އަންނަ ޝައުފާ ސައީދަށެވެ.

ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް (އެސްސީއޭ) އިން ބުނީ ޝައުފާގެ މޮޅު ރިޕޯޓު ކުރުމާއި ބަހުގެ ހުނަރުގެ ސަބަބުން ރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެފައިވާ ކަމަށެވެ.

އަދި މިއީ ޝައުފާގެ މަސައްކަތް ބަލައިގަތުމުގެ ގޮތުން ދީފައިވާ އެވޯޑެއް ކަމަށާއި، ހާރިޖީ ޓީމުގައި ޝައުފާ ހިމެނުމަކީ ލިބޭ ފަހުރެއް ކަމަށްވެސް އެ ބިއުރޯ އިން ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!