ޚަބަރު

ރައީސް އާއި މެމްބަރުންނާއި ފަނޑިޔާރުންގެ މުސާރަ ކުޑަކުރަން ފާސްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނާއިބާއި، ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރައިން އުނިކުރާ މިންވަރު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

Ads by MWSC

މިގޮތަށް ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާޤުންނެވެ.

މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރަތަކުން ކޮވިޑް-19އާ ގުޅިގެން ކުޑަކުރުން މުރަޖާޢާ ކުރުމަށް ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ މައްސަލައަށް މަޖިލީހުން ނިންމާފައިވަނީ މެއި، ޖޫން އަދި ޖުލައި މަހުގެ ނިޔަލަށް މުސާރައިން ބައެއް އުނިކުރާށެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ވަނީ 20،001 ރުފިޔާއާއި 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 20 ޕަސެންޓް އުނިކުރުމަށެވެ. 3،0001 ރުފިޔާއާއި 60،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓް އަދި 60،001 ރުފިޔާއިން ފެށިގެން މަތީގެ މުސާރަތަކުން 35 ޕަސެންޓް އުނި ކުރުމަށެވެ.

ރައީސުލްޖުމްހޫރއިްޔާއާއި އެމަނިކުފާނުގެ ނާއިބާއި، މަޖިލިސް މެންބަރުންނާއި، މުސްތަޤިއްލު މުއައްސަސާތަކުގެ މެންބަރުންގެ މުސާރައިން ބައެއް އުނިކުރަން ނިންމަވާފައިވާއިރު، މިނިސްޓަރުންގެ ނާއިބާއި، އެފެންވަރުގެ މަޤާމްތަކުން ފެށިގެން މަތީ މަޤާމްތަކުގައެ ތެރެއިން، އަސާސީ މުސާރަ 20،000 ރުފިޔާއަށް ވުރެ ދަށްވި ނަމަވެސް، އެ މަޤާމުތަކުގެ އަސާސީ މުސާރައިން 20 ޕަސެންޓު އުނިކުރުމަށް ވަނީ ނިންމާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!