ދުނިޔެ

ޓައިޕް-1 ހަކުރުބަލީގެ މީހުން ކޮވިޑް-19 ގައި މަރުވާ އަދަދު ޓައިޕް-2 ގެ ބަލިމީހުނަށް ވުރެ ގިނަ – ދިރާސާ

ދެން އެމްވީ ، ދެން އޮންލައިން

އިނގިރޭސިވިލާތުގެ ސިއްޙި އިދާރާތަކުން ހަދާފައިވާ ދިރާސާއިން ދައްކާ ގޮތުގައި، ކޮވިޑް-19 ޖެހޭ ހަކުރު ބަލީގެ މީހުންގެ ތެރެއިން ޓައިޕް-1 ގެމީހުން މަރުވާ އަދަދު، ކޮވިޑް-19 ޖެހޭ ޓައިޕް-2 ގެ ބަލި މީހުނަށް ވުރެ ގިނައެވެ.

Ads by WAMCO

އިނގިރޭސިވިލާތުގައި ކޮވިޑް-19 ޖެހޭމީހުންގެ ތެރެއިން ބޮޑު އަދަދެއްގެ މީހުންނަކީ ހަކުރުބަލީގެ މީހުނެވެ. އެގޮތުން މިހާތަނަށް މި ގައުމުން ކޮވިޑް-19 ޖެހުނު ކޮންމެ 3 މީހަކުން އެކަކީ ހަކުރުބަލީގެ ކޮންމެވެސް އުނދަގުލެއް ހުންނަ މީހުނެވެ.

އަދ ހަކުރުބަލި މީހުންގެތެރެއިން ކޮންމެ ދިހަ މީހަކުން 9 މީހަކު ޓައިޕް-2 އަށް ނިސްބަތްވާ އަދި ބަރުދަން އިތުރު މީހުނެވެ. މިދިރާސާއިން އެނގުނު ގޮތުގައި ޓައިޕް-2 އަށް ނިސްބަތްވާ ބަރުދަން އިތުރު މީހުނަށް ކޮވިޑް-19 ޖެހުމުން އެބަލީގައި މަރުވާ އަދަދު، އެހެން މީހުނަށްވުރެ 3.5 ގުނަ އިތުރެވެ. އަދި ހަކުރުބަލި ނުހުންނަ މީހުނަށް ވުރެ މި އަދަދު ދެ ގުނަ އިތުރެވެ.

އަދި ހަކުރުބަލީގެ މީހުންގެ ތެރެއިންވެސް އުމުރުން 40 އަހަރުން ދަށުގެ މީހުން މަރުވާ ރޭޓް 40 އަހަރުން މަތީގެ މީހުނަށް ވުރެ ދަށެވެ. އިތުރަށް މިދިރާސާއިން އެނގުނު ގޮތުގައި ބަލި ފެތުރެން ފެށިތާ ކުރީކޮޅު ހަކުރުބަލީގެ މީހުން މަރުވާ ރޭޓް ދެ ގުނައަށް އިތުރުވިއެވެ.

އިނގިރޭސިވިލަތުން މިހާތަނަށް 248,818 މީހަކަށް މިބަލި ޖެހި 35،341 މީހަކު ވަނީ މިބަލީގައި މަރުވެފައެވެ. އަދި 1،559 މީހަކަށް މިހާރުވެސް ކްރިޓިކަލް ކެއަރގައި އަންނަނީ ފަރުވާ ދެމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!