ދުނިޔެ

މާސްކް އެޅުމުން ނޫނީ ޚިދުމަތް ނުދެވޭނެކަމަށް ބުނުމުން ބަޑިން ހަމަލާދީފި

ދެން އެމްވީ ، ދެން އޮންލައިން

އެމެރިކާގެ މިސިސިޕީ ގައި ހުންނަ "ވެފްލް ހައުސް" އަކަށް ޚިދުމަތް ހޯދަން ވަން މީހަކު މާސްކް ނާޅާ ހުރުމުން، މާސްކް އެޅުމުން ނޫނީ ޚިދުމަތް ނުދެވޭނެކަމަށް ބުނުމުން އެތަނުގެ މުވައްޒަފަކަށް ބިރުދައްކާ މާރާމާރި ހިންގުމަށްފަހު ބަޑިން ހަމަލާ ދިންމީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ. ކޮވިޑް-19 އާ ގުޅިގެން އާންމު ހުރިހާ ތަނެއްގައި މާސްކް އަޅަން އަންގާފައިވަނިކޮށް، އެކަން ހަނދާން ކޮށްދިނުމުން އެކަމާ ހިތްހަމަ ނުޖެހި ބަޑިން ހަމަލާ ދިނީ 27 އަހަރު ކެލްވިން ވޮޓްސަން ކިޔާ މީހެކެވެ.

Ads by Sosun Fihaara

މި މީހާ އެންމެ ފުރަތަމަ ރެސްޓޯރެންޓަށް އައީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަރަށް ދަންވެފައި ހުއްޓައެވެ. އައުމުން އެތަނުގައި މަސައްކަތް ކުރާ އަންހެން މުވަޒައްފަކު އޭނާ މާސްކް އެޅުމަށް ހަނދާންކޮށްދީ، މާސްކް އެޅުމުން ނޫނީ ޚިދުމަތް ނުދެވޭނެ ކަމަށްވަނީ ބުނެފައެވެ. ޖެހިގެން އައި ދުވަހު ވޮޓްސަން އެ ރެސްޓޯރެންޓަށް ގޮސް އެތަނުގެ ކައްކާއަށް ބިރުދައްކާ މޫނުގައި ޖެހުމަށް ފަހު ބޭރަށް ނިކުމެ ވަނީ ބަޑިން ޙަމަލާ ދީފައެވެ. މި ހަމަލާގައި ކައްކާވަނީ ޒަޚަމް ތަކަކާއި އެކު ސަލާމަތް ވެފައެވެ. މިއަދު ފުލުހުންވަނީ ވޮޓްސަން ހައްޔަރުކޮށް، މީހަކު މަރާލުމަށް މަސައްކަތް ކުރިކަމުގެ ދަޢުވާ ކުރަން ފޮނުވާފައެވެ.

މަންޒަރު ދުށް މީހަކު ހާމަ ކުރި ގޮތުގައި، އެރޭ ދެ މީހަކު މާސްކް ނާޅާ އައުމުން އެތަނުގެ ކައްކާއަކަށް ހުރި 25 އަހަރުގެ ބްރަޔަން ގްރޫލަރ، އެދެމީހުން މާސްކް އަޅައިގެން އައުމަށް ބުންޏެވެ. އެދެމީހުން އެނބުރި ގޮސް ދެން އައީ މާސްކް ހިފައިގެން ކަމަށާ، ނަމަވެސް ކޮވިޑް-19 ގެ ގައިޑްލައިނާ އެއްގޮތަށް މޫނުގައި މާސްކް ނާޅާ ތިބުމުން އެކަން ހަނދާން ކޮށްދިނުމުން ރުޅިއައިސް އެތަނުގެ މުވައްޒަފުންނަށް ހަޑިހުތުރުބަހުން މުޢާމަލާތުކޮށް، އަދި އަންނާނެކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށްވެސް އެމީހުން ބުންޏެވެ.

ކައްކާ ގަޔަށް ބަޑިޖެހުމުން ފުރަތަމަ ވަޒަން އެރީ ކައްކާގެ މެޔަށެވެ. ދެން ކައްކާ ދުވެފައި ބޭރަށް ގޮސް 911 އަށް ގުޅައިގެން ފުލުހުންނަށް މަޢުލޫމާތު ޙިއްސާ ކުރީއެވެ. ވޮޓްސަން އަކީ އަކީ ވެފްލް ހައުސް އަށް އާންމުކޮށް ގޮސްއުޅޭ ފަރާތެއްކަން އެތަނުގެ މުވައްޒަފުން ހާމަ ކުރިއެވެ. ވޮޓްސަންއަކީ 23 އޭޕްރިލްގައި ޑެންވަރގައި ހިންގި ބަޑިޖެހުމުގެ ހާދިސާއަކާ ވެސް ގުޅުން ހުރެގެން ފުލުހުން ހޯދަމުންދާ މީހެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!