Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކަދުރު ހޯދުމަށް އެހާ ހަނި ފުރުސަތެއް ދިނުމުގެ މަގްސަދަކީ ކޮބައިތޯ؟: މުއިއްޒު

މާލޭ ސިޓީ އާންމުންނަށް ކަދުރު ހޯދުމަށް އެހާ ހަނި ފުރުސަތެއް ދިނުމުގެ މަގްސަދަކީ ކޮބައިތޯ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުހައްމަދު މުއިއްޒު ސުވާލު އުފައްދަވައިފިއެވެ.

މާލެ އަދި ވިލިމާލޭގެ ފަގީރުންނަށް ބެހުމަށްފަހު ބާކީހުރި ކަދުރު ބޭނުންވާ ފަރާތްތަކަށް ބެހުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާއިރު، އެ ބޭނުންވާ ފަރާތްތަކުން އެ ކައުންސިލުގައި ނަންނޯޓު ކުރުމަށް ދީފައިވަނީ އެއް ދުވަހުގެ މުހުލަތެކެވެ.

މިކަމާ ގުޅިގެން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ ރަމަޟާން މަސް ނިމެން މިހާ ކައިރިވެފައި ވަނިކޮށް މާލޭގެ ރައްޔިތުންނަށް ކަދުރު ހޯދުމަށް މިފަދަ ހަނި ފުރުސަތެއް ދިނުމުގެ މަގްސަދާ މެދު ސުވާލު އުފައްދަވާފައެވެ.

Advertisement
Ooredoo — Square (box)

"މާލޭގެ ރައްޔިތުންގެ ހައްގުގައި މާލޭ ސިޓީ ކައުންސިލްގެ ހިންގުން މިއަށްވުރެ ހަރުދަނާ ކުރަން ޖެހޭ ކަމުގައި ދެކެން." މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ފަގީރުންނަށް ބެހުމަށް ފަހު 2903 ޕެކެޓު ބާކީ ވެފައިވާ ކަމަށެވެ. އަދި މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ފަރަތްތަކުގެ ތެރެއިން ކަދުރު ހޯދުމަށް އެދޭ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ ނުވައެއްގެ ކުރިން މައުލޫމާތު ފޮނުވައި ދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް