އެޑީކޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރަން ފަށައިފި
އެޑީކޭ ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓު ކުރަން ފަށައިފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އޭޑީކޭގައި ކޮވިޑަށް ޓެސްޓު ކުރަން މިއަދު ފަށާފައިވާ ކަމަށާއި އެ ހޮސްޕިޓަލްގެ އަންދާޒާ އަކީ ދުވާލަކު 500 ސާމްޕަލް ޓެސްޓު ކުރުން ކަމަށެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ އާ އެކްސްޓްރެކްޝަން މެޝިން އައިޖީއެމްއެޗްގައި މިހާރު އިންސްޓޯލް ކުރަމުން އެބަދާ ކަމަށެވެ. އެއާ އެކު އައިޖީއެމްއެޗްގައި ޓެސްޓިން ކެޕޭސިޓީ 600 އަށް ވުރެ މައްޗަށް ދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް މިރޭ ވިދާޅުވީ މިމަސް ނިމެން ވާއިރަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކޮންމެވެސް ވަރަކަށް ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމްތައް ހަމަޖެހޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
މިހާރު ރާއްޖޭގައި ދުވާލަކު ކޮވިޑް-19 އަށް ޓެސްޓް ކުރެވެމުން ދަނީ 300 ވަރަކަށް ވެދާނަ (ސާމްޕަލް) އެވެ.