އިންނާނެ މީހެއް ނުވިޔަސް މުއާ އަކާ ނީންނާނަމޭ ބުނިން: އައްޒަ
ރާއްޖޭގެ ފިލްމީ ޖޯޑުންނަށް ބަލާއިރު ގިނަ ބަޔަކު އެންމެ އެބައެއްގެ ވާހަކަ ދައްކަމުން އަންނަ އެއް ޖޯޑަކީ އެފަދަ ދެވަނައެއް ނެތް މަޝްހޫރު ފިލްމީތަރި މަރިޔަމް އައްޒަ އާއި އޭނާގެ ފިރިމީހާ އަބްދުﷲ މުއާޒް ގެ ވާހަކައެވެ.
އައްޒައަކީ ރާއްޖޭގެ ފިލްމީތަރިންގެ ތެރެއިން ގިނަ މީހުން އެންމެ ގިނައިން އެމީހެއްގެ މައުލޫމާތު އެއްކޮށް، ފޭންބޭސް ވެސް އެންމެ ވަރުގަދަ ތަރިއޭ ބުނުން ދޮގަކަށް ނުވާނެއެވެ. އައްޒަގެ މަޝްހޫރުކަމާއެކު އޭނަގެ ފިރިމީހާއާއި ބެހޭ އިތުރު މައުލޫމާތުތަށް ވެސް ހޯދުމުގެ މަސައްކަތް މިހާރު ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.
އެގޮތުން ބައިސްކޯފުން މިފުރަބަންދާއި ދިމާކޮށް ގެނެސްދެމުން އަންނަ "ލޮކްޑް އަޕް ވިތް" ގެ 26 ވަނަ އެޕިސޯޑުގައި އައްޒަ ވަނީ ބައިވެރިވެފައެވެ. އަދި ހަމަ އެއާއެކު އައްޒަގެ ދިރިއުޅުމާ ބެހޭގޮތުން ކުރިން ގިނަ ބަޔަކަށް ނޭނގޭ ވާހަކަތަކެއް ވެސް ވަނީ ހާމަވެފައެވެ.
އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއްވާހަކައަކީ މުއާ އާއި ބެހޭ ގޮތުން އައްޒަ ކުރިން ބުނެފައިވާ ވާހަކައެވެ.
"މުއާ އާއި ދިމާވެއްޖެ އަސްލުގަ ސްކޫލް ދައުރުގަ. އެއިރު މުއާ އުޅެނީ އަމިނީއްޔާ ކުރިމައްޗަށް އިންނަ ސްކޫޕް ގޯޅިގަނޑުގަ. އެހެންވެ ފެނިދެނިވެ އުޅުންއިރު ރަށްޓެހިކަން އޮވޭ. އެއިރު އަމީނިއްޔާ ކުދިންގެ މެދުގަ މުއާ މުޝްހޫރުވެފަ އޮތީ ވަރަށް 'އަންހެންކުދިންގެ ބައި' އޮންނަ މީހެއްގެ ގޮތުގަ. ދެން ދެމީހުންވެސް ފިލްމީ ދާއިރާއަށް ނިކުތްފަހުން އިންޓަވިއުތަކަށް އަރާ، އައްޒަ ކަމުދާ ވާހަކަ ދައްކަން ފެށީމަ ވަރަށް ގިނަ ރަށްޓެހިން ބުނި އަދި ތި ދެމީހުން ރަށްޓެހިވާނެ ނުވަތަ އިންނާނޭ. ބުނީމަ ބުނިން މުއާ އެއް ނޫނޭ. މީހަކާ ނުއިނދެ، އިންނާނެ މީހެއް ނުވެފަ ހުންނަން ޖެހުނަސް މުއާ އަކާއި ނުއިންނާނަމޭ. އެކަމަކު ތިންގްސް ޗޭންޖްޑް، ހީ ޗޭންޖްޑް. އެންޑް ނައު ވީ އާ ހެޕިލީ މެރީޑް" މުއާ އާއި ދެމީހުންގެ ލަވްސްޓޯރީއަށް ކުޑަކޮށް އަލިއަޅުވާލަމުން އައްޒަ ބުންޏެވެ.
އައްޒަ އާއި މުއާ ކައިވެނި ކުރަން ރަން ކިޔާފަވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު (02/02/2020) ގައެވެ. އަދި ކައިވެނި ކޮށްފައިވަނީ ހަމަ އެމަހުގެ 20 ވަނަ ދުވަހު (20/02/20) ގައެވެ.