ޚަބަރު

މިދިޔަ އަހަރު ރާއްޖޭގެ އިގްތިސޯދީ ދުވެލި މަޑު ޖެހިގެން ދިޔަ: ވޯލްޑް ބޭންކު

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ އަހަރު ރާއްޖޭގެ އިގްތިސޯދީ ދުވެލި މަޑު ޖެހިގެން ދިޔަ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

Ads by Hajj Corporation

ވޯލްޑް ބޭންކުން މިހެން ބުނެފައި ވަނީ އެ ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ގެ މި އަހަރުގެ ފުރަތަމަ އަދަދުގައި ރާއްޖޭގެ އިގްތިޞާދާ ގުޅޭގޮތުން ހިމަނާފައިވާ ކަންތައްތަކުގައެވެ.

ވޯލްޑް ބޭންކުން ބުނީ މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް ކުރިއެރި ކަމަށާއި ނަމަވެސް މުޅި އިގްތިސޯދުގެ ދުވެލި މަޑުޖެހިފައިވާ ކަމަށެވެ. އެކަން އެގޮތަށް ދިމާވީ އިމާރާތް ކުރުމުގެ ދާއިރާގެ ހަރަކާތްތެރިކަން މަޑު ޖެހުމުން ކަމަށް އެ ބޭންކުން ހާމަކުރިއެވެ.

އެކަން އެގޮތަށް ހުރުމުން މިދިޔަ އަހަރު ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން ހުރީ 5.2 ޕަސެންޓުގައި ކަމަށާއި މިއީ ކުރިން ލަފާކުރި ވަރަށްވުރެ ދަަށް އަދަދެއް ކަމަށް ވެސް ވޯލްޑް ބޭންކުން ހާމަކުރިއެވެ.

އެ ބޭންކުން ހާމަކުރި ގޮތުގައި މި އަހަރު ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ 5.5 ޕަސެންޓުގައެވެ. އެ އަދަދު އަންނަ އަހަރު 5.6 އަށް މަތިވެގެންދާނެ ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައިވެއެވެ.

މީގެއިތުރުން މި އަހަރު ރާއްޖޭގެ އިންފްލޭޝަން މަތިނުވެ ހިފެއްޓިފައި ހުންނާނެ ކަމަށް ވެސް ވޯލްޑް ބޭންކުން ހާމަކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!