އަދީބު ލައްވާ ވައްކަން ކުރުވީ ނަޝީދު، އެމަނިކުފާނު ވަނީ އެކަމަށް އިއުތިރާފުވެފައި: އަލްހާން
އެމްއެމްޕީއާރުސީން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ލައްވާ ވައްކަން ކުރުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށާއި އެމަނިކުފާނު ވަނީ އެކަމަށް އިއުތިރާފު ވެފައި ކަމަށް އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވީ ނޭޝަނަލް ޓެންޑާ ބޯޑުގެ ޗެއާ، އިސްމާއިލް ޒަރިޔަންދު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.
ޒަރިޔަންދު ވިދާޅުވީ އެސްއޯއެފް އިން ފައިސާޖަމާކުރި ފަރާތްތަކުގެ ލިސްޓެއްގައި ނަން ހިމެނޭ މއ. ކާމިނީ ހުޅަނގު އަލްފާޟިލް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު ވަނީ އެ ފައިސާއާ ގުޅިގެން ޖަލުގައި ކަމަށެވެ. އަދި އެ ލިސްޓުގައި ހިމެނޭ އެހެން އެއްވެސް ފަރާތެއްގެ މައްސަލައެއް އޮތްކަމަކަށް މިހާތަނަށް އެނގިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެސް.އޯ.އެފް. އިން ފައިސާޖަމާކުރި ފަރާތްތަކުގެ ލިސްޓެއްގައި ނަން ހިމެނޭ؛
މއ. ކާމިނީ ހުޅަނގު އަލްފާޟިލް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުވަނީ އެ ފައިސާ އާއި ގުޅިގެން ޖަލުގައެވެ.
އެ ލިސްޓުގައި ހިމެނޭ އެހެން އެއްވެސް ފަރާތެއްގެ މައްސަލައެއް އޮތްކަމަކަށް މިހާތަނަށް އެނގިފައެއްނެތެވެ!— Ismail Zariyand (@zariyand) May 23, 2020
ޒަރިޔަންދުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން އަލްހާން ވިދާޅުވީ އަދީބު ލައްވާ ވައްކަން ކުރުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.
"ހިތުން ވަރަށް މޮޅު ވާހަކައެއް! ވައްކަން ކުރުވީ ގ. ކެނެރީގޭ މުހަންމަދު ނަޝީދު(އަންނި) އަދީބު ލައްވާ! އަންނި އެކަމަށް އިއުތިރާފުވެއްޖެ!" އަލްހާން ވިދާޅުވިއެވެ.
ހިތުން ވަރަށް މޮޅު ވާހަކައެއް!
ވައްކަން ކުރުވީ ގ ކެނެރީގޭ މުހަންމަދު ނަޝީދު (އަންނި ) އަދީބު ލައްވާ! އަންނި އެކަމަށް އިއުތިރާފުވެއްޖެ! https://t.co/NXVLWTf9AA— Aʟʜᴀɴ Fᴀʜᴍʏ -