ޚަބަރު

ގާބޫސް އަކީ ދުނިޔެއަށް ސުލްހަ ގެނައުމަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއް: ރައީސް ސޯލިހް

ދެން އެމްވީ ، ދެން އޮންލައިން

އޮމާންގެ ސުލްތާން ގާބޫސް ބިން ސައީދު ގަލްފު ސަރަހައްދަށާއި ދުނިޔެއަށް ސުލްހަ ގެނައުމަށް މުހިންމު ދައުރެއް އަދާކުރެއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ގާބޫސް އުމުރުފުޅުން 79 އަހަރުގައި އަވަހާރަވުމާ ގުޅިގެން އެކަމާ ހިތާމަފާޅު ކުރައްވައި ކުރެއްވި ޓްވީޓެއްގައި ރައީސް ސޯލިހު ވިދާޅުވީ އެ ޚަބަރު އަޑުއެހީ ވަރަށް ފުން ހިތާމަޔާއެކު ކަމަށެވެ.

ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިއަދު އަވަހާރަވި ގާބޫސް އަކީ މެދުއިރުމަތީގެ އަދި އަރަބި ދުނިޔޭގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ބޭފުޅާއެވެ.

ގާބޫސް އަވަހާރަވިއިރު ދަރިކަލަކު އަދި އެއްބަފާ ބޭބެ/ކޮއްކޮއެއްވެސް ނުހުންނަވައެވެ. އެހެންކަމުން މިއަދު ވަނީ އެގައުމުގެ ރަސްކަމަށް އެމަނިކުފާނުގެ ބައްޕަ ފަރާތުން އެންމެ ތިމާގެ ފިރިހެން ބޭފުޅާ ކަމުގައިވާ ހައިތަމް ބިން ތޯރިގް އައްޔަން ކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!