Thursday, 12 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މެނިފެސްޓޯގައި ވަގުތީ ސަރުކާރެއްގެ ވާހަކައެއް ނެތް ، އެމްއެމްޕީއާރުސީގެ މައްސަލަ ބަލާނެ: ރޮޒައިނާ

އިބްރާހީމް މުޙައްމަދު ޞާލިޙް ވޯޓް ހޯއްދަވަން ނިކުންނެވީ މެނިފެސްޓޯއަކާއެކުގައި ކަމަށާއި އެ މެނިފެސްޓޯގައި ވަގުތީ ސަރުކާރެއްގެ ވާހަކައެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ރޮޒައިނާ ވިދާޅުވީ ރައްޔިތުން ވޯޓް ދެއްވީ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މެނިފެސްޓޯއަށް ކަމަށާއި އަދި އެމަނިކުފާނުމަސައްކަތް ކުރައްވަމުން ގެންދަވަނީ އެ މެނިފެސްޓޯގައިވާ ކަންކަން ހާސިލް ކޮށްދެއްވުމަށް ކަމަށެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީގެ ޚިޔާނާތާއި މަރު ކޮމިޝަންގެ މަސައްކަތްތައް މަޑުޖެހި ލަސްވާތީ އެކަމާއި ރައީސް ނަޝީދު ފާޅު ކުރެއްވި ޚިޔާލަށް ވެސް ރޮޒައިނާ ވަނީ ޖަވާބު ދެއްވާފައެވެ. އެކަމަނާ ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ މައްސަލަ އާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ވެސް ބަލަން ޖެހޭނެ ކަމަށާއި އެކަން ރައީސް ކުރައްވާނެ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)
—

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.