ޚަބަރު

83،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފަަށައިފި

ދެން އެމްވީ ، ދެން އޮންލައިން

ދިރާސީ އާ އަހަރުގެ ކިޔެވުން 83،000 އަށް ވުރެ ގިނަ ދަރިވަނުންނާއި އެކު މިއަދު ފަށައިފިއެވެ.

Ads by Sosun Fihaara

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރު ސަރުކާރުގެ 212 ސުކޫލެއްގައި ކިޔަވައިދެމުންދާއިރު އެ ސުކޫލްތަކުގައި 73،067 ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާނެ ކަމަށާއި 212 ސުކޫލްގެ ތެރެއިން 150 ވުރެ ގިނަ ސުކޫލްތަކުގައި ކިޔަވައިދޭނީ އެއް ދަންފަޅިއަށް ކަމަށެވެ. އަދި ސަރުކާރު ސުކޫލްތަކާއި، އަމިއްލަ ސުކޫލްތައް ހިމަނައިގެން 83،000 ވުރެ ގިނަ ދަރިވަރުން މިއަހަރު ތައުލީމް ހާސިލްކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރު 150 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭ އިރު 170 ސްކޫލެއްގައި ޕްރީ ސްކޫލް ތައުލީމު ދޭނެކަމަށެވެ. 193 ސްކޫލްގައި އޯލެވެލްއަށް ކިޔަވައިދޭ އިރު 50 ސްކޫލެއްގައި އޯލެވެލްއަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސަރުކާރުން ސްކޫލު ދަރިވަރުންނަށް ދޭ ހެނދުނުގެ ނާސްތާ މިއަހަރުވެސް ބަރާބަރަށް ދަރިވަރުންނަށް ދޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިދިޔަ އަހަރު އަލަށް ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!