ޚަބަރު

ރެހެންދި ސްކޫލުގެ ދަރިވަރުން އާ އަހަރުގެ ކިޔެވުން ފެށީ ފަތިސް ނަމާދުން

ދެން އެމްވީ ، ދެން އޮންލައިން

ރެހެންދި ސްކޫލުގެ ދަރިވަރުން ދިރާސީ އާ އަހަރުގެ ކިޔެވުން ފަތިސް ނަމާދުން ފަށައިފިއެވެ.

Ads by STELCO

އެސްކޫލްގެ ދަރިވަރުން މިއަދު ވަނީ ޖަމާއަތުގައި ފަތިސް ނަމާދުކޮށްފައެވެ.

ރެހެންދި ސްކޫލުގެ ދަރިވަރުން ފަތިސް ނަމާދު ކުރަމުން ދަނިކޮށް ނަގާފައިވާ ފޮޓޯ އާއި އެކު އެސްކޫލުން ބުނެފައިވަނީ " ފަތިސް ނަމާދުން ދުވަސް ފެއްޓުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވަމުން 2020 ވަނަ އަހަރުގެ ކިޔެވުން ރެހެންދި ސްކޫލުން ފައްޓައިފި" ކަމަށެވެ. މި ޕޯސްޓަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

ރެހެންދި ސްކޫލްގެ މި ފެށުމަށް މަރުހަބާ ކިޔާފައިވާ ބައެއް މީހުން ބުނެފައިވަނީ ކޮންމެ ދުވަހެއްވެސް ތި ގޮތުގައި ފެށިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ މިއަހަރުވެސް ދަރިވަރުން ދީނީ ކަންކަމަށް ބާރުއެޅުމަށް އިސްކަންދީ ސްކޫލްތަކުގައި ދީނީ ކަންކަމަށް ހާއްސަ އިސްކަމެއް ދޭނެކަމަށް ބުނެފައެެވެ.

މިއަދު ދިރާސީ އާ އަހަރުގެ ކިޔެވުން މުޅި ރާއްޖޭގައި ފަށާފައިވާ އިރު ރާއްޖޭގެ 212 ސްކޫލެއްގައި 83،000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލް ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!