ޚަބަރު

މަނަދޫ އިން ފައްސިވި 9 މީހުންގެ ދެވަނަ ސާމްޕަލްގެ ނަތީޖާ ނައްސި

ނ. މަނަދޫއިން ކޮވިޑް-19 އަށް ފައްސިވި ނުވަ މީހުންގެ ދެވަނަ ސާމްޕަލްގެ ނަތީޖާ ނައްސިވެއްޖެއެވެ.

ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި މަނަދޫ ކައުންސިލްގެ ރައީސް މުހައްމަދު އުމަރު ވިދާޅުވީ އެރަށުން ފައްސިވި ނުވަ މީހުންގެ ދެވަނަ ސާމްޕަލްގެ ނަތީޖާ ނައްސިވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (ހެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ.

އެ މީހާ ފައްސިވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގްގެ ތެރެއިން އެރަށުން ނެގި ސާމްޕަލްތަކުގެ ތެރެއިން 9 ސާމްޕަލްއެއް ވަނީ ފައްސިވި އެވެ.

އެ މީހުންނަކީ އެ ރަށުން އެންމެ ފުރަތަމަ ފައްސިވި 80 އަހަރުގެ އަންހެން މީހާއައި ކޮންޓެކްޓްވި މީހުން ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. އެ އަންހެން މީހާ ވަނީ ކޮވިޑަށް ނައްސިވިކަން އިއުލާނުކުރި ފަހުން ނިޔާވެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!