މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ހެލްްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަދިނީ އުސޫލުތަކަކަށް އަމަލުކުރުމަށް އެންގުމަށް ފަހު އެވެ. އޭގެ ތެރޭގައި މެމްބަރުން މާސްކް އެޅުމާއި، ޖަލްސާއަށް ވަނުމުގެ ކުރިން ހުން ބެލުމާއި، ދުރުދުރުގައި ތިބުން ހިމެނެ އެވެ.
އެޗްޕީއޭ އަކީ ސިޔާސީ ބާރުވެރި ފަރާތްތަކުން ޖަހާހާ ބެރަކަށް ނަށަން ތިބި ބައެއް: ޖަމީލު
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އަކީ ސިޔާސީ ބާރުވެރި ފަރާތްތަކުން ޖަހާހާ ބެރަކަށް ނަށަން ތިބި ބައެއްކަން އެނގިގެން ގޮސްފި ކަމަށް ކުރީގެ ނައިބް ރައީސް މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލު މިހެން ވިދާޅުވީ ކުއްލި ގޮތަކަށް މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބޭއްވުމަށް ނިންމައި މިއަދުގެ ޖަލްސާ ފެށުމާ ގުޅިގެންނެވެ. ކޮވިޑްގެ ހާލަތާ ގުޅިގެން ރާއްޖެ ލޮކްޑައުން ކުރުމުން މަޖިލީހުގެ ޖަލްސާތައް ބާއްވާފައި ވަނީ ވާޗުއަލްކޮށެވެ. ނަމަވެސް މިއަދު ޖަލްސާ މަޖިލީހުގެ ތަޅުމުގައި ބާއްވަނީ ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ މައްސަލާގަ އެވެ.
އެޗްޕީއޭއަށް ފާޑު ވިދާޅުވެ ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުން ކުރާ މަސައްކަތްތަކަށްވުރެ މިސްކިތްތަކުގައި ކުރާ އަޅުކަން މާ މުޙިންމު ކަމަށާއި މިސްކިތްތައް ވަގުތުން ހުޅުވަން އެޗްޕީއޭ އަށް ގޮވާލާ ކަމަށެވެ.
"ރައްޔިތުންނަށް އެނގިގެން މިދިޔައީ ކޮންމެ ދުވަހަކު އެތައް ވާހަކައެއް ދައްކަމުންދާ އެޗްޕީއޭއަކީ ސިޔާސީ ބާރުވެރި ފަރާތްތަކުން ޖަހާހާ ބެރަކަށް ނަށަން ތިބި ބައެއްކަން. މަޖިލީހުން ކުރާ މަސައްކަތްތަކަށްވުރެ މިސްކިތްތަކުގައި ކުރާ އަޅުކަން މާ މުޙިންމު. މިސްކިތްތައް ވަގުތުން ހުޅުވާ." ޖަމީލު ވިދާޅުވިއެވެ.
ރައްޔިތުންނަށް އެނގިގެން މިދިޔައީ ކޮންމެ ދުވަހަކު އެތައް ވާހަކައެއް ދައްކަމުންދާ @HPA_MV އަކީ ސިޔާސީ ބާރުވެރި ފަރާތްތަކުން ޖަހާހާ ބެރަކަށް ނަށަން ތިބި ބައެއްކަން. މަޖިލީހުން ކުރާ މަސައްކަތްތަކަށްވުރެ މިސްކިތްތަކުގައި ކުރާ އަޅުކަން މާ މުޙިންމު. މިސްކިތްތައް ވަގުތުން ހުޅުވާ. pic.twitter.com/u1396XUfzo
— Mohamed Jameel Ahmed (@MJameelAhmed) May 26, 2020